ހޮންގްކޮންގްގެ ސްކޫލްކުދިން ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާކޮށްފި

ހޮންގް ކޮންގްގެ ދަރިވަރުންތަކެއް މުޒާހަރާއެއްގައި--

ހޮންގްކޮންގްގެ ސްކޫލްކުދިން ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާކޮށްފި އެވެ.

ހޮންގްކޮންގެ ޓާޝިއަރީ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާކުރުމާ އެކު ދަރިވަރުން ސިޔާސީ ސްލޯގަންތައް ބޭނުންކުރުމާއި ކްލާސްތައް ބޮއިކަޓްކުރުމާއި ސިޔާސީ ލަވަތައް ކިޔުން މަނާވާނެކަމަށެވެ.

މިދިޔަ އަހަރު ފެށި ހޮންގްކޮންގްގެ ވަރުގަދަ މުޒާހަރާތަކުގައި ދަރިވަރުން ގިނަ އަދަދަކަށް ބައިވެރިވި އެވެ. އަދި މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަަކަަކަށް ބަދަލުވެ 1600 އެއްހާ ދަރިވަރުން ހައްޔަރުކުރިއެވެ.

އެ ނިންމުން ނިންމިއިރު އާ ނެޝެނަލް ޗައިނީސް ސެކިއުރިޓީ އޮފީސްއެއް އިއްޔެ ވަނީ ހޮންގްކޮންގްގައި ހުޅުވައިފައެވެ.

ދާދި ފަހުން ޗައިނާގެ ޕާލަމެންޓް ކަމަށްވާ "ނެޝަނަލް ޕީޕަލްސް ކޮންގްރެސް" އިންވަނީ ހޮންގްކޮންގްގެ އަމަނާބެހޭ އާ ގާނޫނެއް ދާދި ފަހުން ވަނީ ފާސްކޮށްފަ އެވެ. އާ ގާނޫނުގެ ދަށުން މުޒާހަރާތައް ކުރުމަށް ބޮޑެތު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ހޮންގް ކޮންގްގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި ވަނީ ދަރިވަރުންވަނީ ޗައިނާގެ ގައުމީ ލަވައިގެ ބަދަލުގައި "ގްލޮރީ ޓު ހޮންގޮކޮންގް" ލަވަ ކިޔައި ހަދައިފައެވެ.

ހޮންގްކޮންގްގެ އެޑިއުކޭޝަން މިނިސްޓަރު ކެވިން ޔުއެންގް ވިދާޅުވީ އެފަދަ ކަންތައްތަކަށް ދެން ފުރުސަތު ނުދެވޭނެ ކަމަށެވެ.

ޑިމޮކްރަސީއާ ގުޅޭ ފޮތްތައް ހޮންގްކޮންގްގެ ލައިބްރަރީތަކުން މިދިޔަ ހަފްތާގައި ވަނީ ނަގައިފައެވެ.--- ބީބީސީ--

comment ކޮމެންޓް