ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 10 ވަނަ މީހާ އެވެ.

އެޗްޕީއޭ މިރޭ ކުރި ޓްވީޓެއްގައި ބުނީ، މަރުވެފައި ވަނީ ވައިރަހަށް ފަރުވާ ދެމުން ދިޔަ އުމުުރުން 92 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެޗްޕީއޭ ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމމުން ދިޔަ އެ މީހާ މަރުވެފައި ވަނީ ރޭ 11:54 ހާއިރު ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ.

އުމުރުން ދުވަސްވީ މީހަކު މި ބަލީގައި މަރުވި އިރު، މިދިޔަ އަންގާރަ ދުވަހުވެސް ވަނީ މީހަކު މަރުވެފަ އެވެ. އެއީ ފިލިޕިންސްއަށް ނިސްބަތްވާ 43 އަހަރުގެ މީހެކެވެ. އޭގެ އިތުރުން ދެން މަރުވެފައި ވަނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހެކެވެ.

ރާއްޖެއިން ކޮވިޑް19 މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 2،382 އެވެ. އޭގެ ތެރެއިން 1،954 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް އެވްރޭޖްކޮށް ފެންނަމުންދާ ކޭސްތަކުގެ އަދަދަކީ، 20 އެވެ. އެގޮތުން އިއްޔެ ވައިރަސް ޖެހުނު މީހުންގެ އަދަދަކީ، 21 އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު