ރައީސް އޮފީހުގެ ކޮންސެޕްޓް އެޑްވައިޒަރު ކަމަށް އަހުމަދު އައްބާސް

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސެޕްޓް އެޑްވައިޒަރު ކަމަށް މަޝްހޫރު ކުރެހުންތެރިޔާ ގަލޮޅު ބެމްބޫ އަޙްމަދު ޢައްބާސް، އައްޔަން ކުރައްވައިފި އެވެ. އަޙްމަދު ޢައްބާސް މިމަގާމަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.

ކާޓޫނު ކުރެއްސެވުމުގައި ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ އަހުމަދު އައްބާސަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އައްބާސަކީ މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގޭ އާމިނަތު ފައިޒާގެ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު