ޓްރަމްޕް ހައްޔަރުކުރުމުގެ އަމުރެއް އީރާނުން ނެރެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކުރުުމުގެ އަމުރެއް އީރާނުން ނެރެފި އެވެ.

އެ އަމުރު ނެރުނީ އެމެރިކާއިން އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސޮލައިމާނީ އަވަހާރަކޮށްލި މައްސަލައިކަމަށްވެސް އީރާނުގެ ފާސް ނިއުސް އޭޖެންސީން ބުންޏެވެ.

ސުލައިމާނީގެ މަރާ ގުޅިގެން އީރާނުންވަނީ 36 މީހުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. އަދި އެކަމަށްޓަކައި އިންޓަޕޯލްގައި މިހާރު އެދިފައިވާކަމަށްވެސް އީރާނުން ބުނެ އެވެ.

ނަމަވެސް އިންޓަޕޯލްއިން ބުނީ އެގޮތަށް އަމަލުކުރެވެން ނެތްކަމަށާއި އަދި އެއްވެސް ގައުމެއްގެ ސިޔާސީ މީހުންނާއި ދީނީ އަދި މިލިޓަރީ ކަންތައްތަކަށް އަތް ބޭނުމުގެ ހައްގެއް އެ ޖަމާއަތަށް ލިބިފައިނުވާ ކަމަށެވެ.

އެމެރިކާއިން އިރާނަަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ބްރަޔަން ހުކް ވިދާޅުވީ މިއީ ޕޮލިިޓިކަލް ސްޓަންޓެއް ކަމަށާއި އަދި މޮޔަހިޔާލެއްކަމަށެވެ. އަދި އޭގެ ސަބަބުން އީރާންގެ ތާކުންތާކު ނުޖެހޭކަން އެނގޭކަމަށްވެސް ވިދާޅުވި އެވެ.

ސުލައިމަނީ އަވަހާރަކޮށްލީ މިދިޔަ ޖެނުއަރީ މަހު ބަގްދާދު އިންޓަނޭޝަނަލް އެއާޕޯޓް ސަަރަހައްދަށް އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގަ އެވެ. އެ ހަމަލާގައި އިތުރު ފަސް މީހަކުވެސް މަރުވި އެވެ.

އެ ހަމަލާދޭން ޖާސޫސީ މައުލޫމާތު ދިން ކަމަށް ބުނެ އީރާނުން ވަނީ އެގައުމުގެ މީހަކު މިމަހު ދަންވެސް ޖައްސައިފަ އެވެ.

އެެެމެރިކާގެ ސަރުކާރުން ބުނީ ސުލައިމާނީއަކީ ބޮޑު ގާތިލެއްކަމަށާއި އަދި ކުރީގެ އެމެރިކާގެ ސަރުކާރުތަކުން އޭނާ ކުރިން އަވަހާރަކޮށްލަން ޖެހޭ ކަމަށެވެ.

އެމެރިކާއިން ތުހުމަތުކުރާގޮތުގައި އިރާގާއި އެހެނިހެން ގައުމުތަކުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން މެރުމަށް ސުލައިމާނީ ދިޔައީ ޕްލޭންތައް ރާވަމުންނެވެ. --ސީއެންއެން

comment ކޮމެންޓް