ހޮޅުދޫ ކޯޓަށް އިސް މެޖިސްޓްރޭޓަކު އައްޔަން ކޮށްފި

ނ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ ފަތްކޮޅު އާދަމް ޝަރީފު، ރ ހުޅުދުއްފާރު، ޝަކީލީހިޔާ އާ ހަވާލުކުރައްވަނީ --- ފޮޓޯ/ ޖޭއެސްސީ

ނ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަކު މިއަދު އައްޔަނު ކޮށްފި އެވެ.

އެކޯޓުގެ އިސް މެޖިސްޓްރޭޓުގެ ގޮތުގައި އައްޔަނުކޮށްފައި ވަނީ ރ ހުޅުދުއްފާރު، ޝަކީލީހިޔާއާ، ދަމް ޝަރީފެވެ.

މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވަނީ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

ހޮޅުދޫ އިސް މެޖިސްޓްރޭޓް ކަމުގެ ފަތްކޮޅު އާދަމް ޝަރީފާ ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

comment ކޮމެންޓް