ހަނދުގައި ބޭނުންކުރެވޭ ފާހަނާއެއް ޑިޒައިންކޮށްގެން 35،000 ޑޮލަރު ލިބޭ ފުރުސަތެއް

ހަނދުގައި ބޭނުންކުރެވޭނެ ފާހާނާއެއް ޑިޒައިންކުރަން މުބާރާތެއް ޖައްވީ އިދާރާ ނާސާއިން ހުޅުވާލައިފި އެވެ.

އޮގަސްޓް މަހުގެ 17 އިގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުން އެއްވަނަ ލިބޭ ފަރާތަށް 20،000 ޑޮލަރު ލިބޭއިރު ދެވަނައަށް 10،000 އަދި ތިންވަަނަ ފަރާތަކަށް 5،000 ޑޮލަރު ލިބެ އެވެ.

ނާސާގެ އެސްޓްރޮނޯޓަކު އަނެއްކާވެސް ހަނދަށް ފޮނުވަން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން އެފަދަ އެސްޓްރޮނޯޓެއް ފޮނުވާނީ 2024ވަނަ އަހަރު އެެވެ.

ހަނދަށް ފޮނުވަން ނިންމާފައިވާ އެސްޓްރޮނޯޓުންގެ ތެރޭގައި އަންހެން އެސްޓްރޮނޯޓުން ވެސް ހިމެެނެ އެވެ. އެހެން ކަމުން ހަނދަށްދާ އަންހެން އަދި ފިރިހެން އެސްޓްރޮނޯޓުންނަަށް ވެސް ވަކި ފާހާނާއެއް ބޭނުންވާނެ އެވެ.

ހަނދުގައި ބިމަށް ދަމާ ބާރު ނުވަތަ ގްރެވިޓީ ހުންނަނީ ދުނިޔޭގައި ހުންނަ ގްރެވިޓީއަށްވުރެ ހަގުނަ މަދުކޮށެވެެ.

ފާހާނާ ޑިޒައިންގައި ފެން އިސްރާފުނުކޮށް އަލުން ބޭނުންކުރެވޭނެ ގޮތް ހުރުމުގެ އިތުރުން ސާފުތާހިރުކޮށް ބެހެއްޓޭނެ ގޮތްތައް ހިމަނާފައި ހުންނަ ޖެހެ އެވެ.

"ފާހަނާތައްޓަށް މޫނު ނުލައި ހޮޑުލެވޭގޮތަށް ޑިޒައިންގައި ހުރެއްޖެނަމަ ބޯނަސް މާކްސް ލިބޭނެ،" ޑިޒައިނާގުޅޭ ގައިޑްލައިންގައި ބުނެފައިވެ އެވެ.

އެ ޓޮއިލެޓްއަށް ބޭނުންވާ އިތުރު ސްޕެސިފިކޭޝަންތަކުގެ ތެރޭގައި 70 ވޯޓުގެ ޕަވަރު ބޭނުންކުރުމާއި އާދައިގެ ފާހާނާއެއްގައި ހުންނަ އެގްޒޯސްޓަކުން އިވޭ އަޑަށްވުރެ އަޑުމަޑުވާން ޖެހޭނެ އެވެ. -- ސީއެންއެން

comment ކޮމެންޓް