ބީއެމްއެލްގެ އޭޓީއެމްތަކުން ދެން ފައިސާ ލިބޭނީ ކާޑު ނެގުމުން

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ހިދުމަތް ފެއްޓެވުމަށްފަހު --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކުން ފައިސާ ނަގަން މިހާރު ޖެހޭނީ ކާޑު މެޝިނުން ނަގަން ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އޭޓީއެމް އަށް ކާޑު ލެއްވުމަށްފަހު ފައިސާ ނަގައި، ކާޑު ނަގަން ކަސްޓަމަރުން ހަނދާން ނެތޭ ކަމަށެވެ. އެހެންވެ، ކާޑު ބޭނުންކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކަސްޓަމަރުންގެ ފީޑްބެކަށް ބަލާ، ކާޑު ގެއްލޭ ވަރު މަދު ކުރުމަށް އެޅި މި ފިޔަވަޅާއެކު، އޭޓީއެމް އިން ފައިސާ ނަގަން ދެން ޖެހޭނީ ކާޑު ލައްވާ، ޕިން ޖެހުމަށްފަހު ކާޑު މެޝިނުން ނަގާށެވެ.

މީގެ ކުރިންވެސް ބީއެމްއެލް އޭޓީއެމް އިން ފައިސާ ނެގުމަށް ކާޑު މެޝިނަށް ލައްވާ، ޕިން ޖެހުމަށްފަހު ކާޑު ނަގާ ގޮތަށް އޮތެވެ. ނަމަވެސް، ފަހުން ގެނައި ބަދަލާއެކު، ކާޑު މެޝިނުން ފައިސާ ނެގެނީ ކާޑު އޭޓީއެމް އިން ނުނަގަ އެވެ. އަދި ކާޑު ނަގަން ޖެހޭނީ ޓްރާންސެކްޝަން ނިންމުމަށްފަހު އެވެ.

comment ކޮމެންޓް