ފަސޭހަ ހާޑްވެއާއިން ކޮވިޑް19އިން ރައްކާތެރިވާން ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
އަލަށް ހުޅުވި މި ފިހާރަ ހުންނަނީ ހުޅުމާލެ ނިރޮޅު މަގު، ލޮޓް ނަންބަރު 10288ގަ އެވެ.

ހުޅުމާލޭގައި ފަސޭހަ ހާޑްވެއާއިން އަލަށް ހުޅުވި ކޮވިޑް19 އެސެންޝަލްސް ފިހާރަ-- ފޮޓޯ/ފަސޭހަ ހާޑްވެއާ
މި ފިހާރައިން ވިިއްކާ ތަކެތީގެ ތެރޭގައި؛
- ފޭސް މާސްކު
- ހޭންޑް ސެނިޓައިޒާ
- އަންގި
- ޑިސްއިންފެކްޓެންޓްސް އަދި ޑިސްއިންފެކްޓެންޓް ޗެމްބަރު
- މިސްޓް ބްލޯވަރު
- ޕީޕީއީ ސޫޓް
- ތާމޯމީޓަރު
- ފޭސް ޝީލްޑް
- ގޮގްލްސް

ހުޅުމާލޭގައި ފަސޭހަ ހާޑްވެއާއިން އަލަށް ހުޅުވި ކޮވިޑް19 އެސެންޝަލްސް ފިހާރަ-- ފޮޓޯ/ފަސޭހަ ހާޑްވެއާ
މި ފިހާރައިން ގަންނަ މުދާ މާލެ އަދި ހުޅުމާލޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީކޮށްދޭނެ އެވެ.
ކޮވިޑް19 ޕެންޑެމިކްގެ ތެރޭގައި ފަސޭހަ ހާޑްވެއާއިން ވަނީ ހިލޭ ސާބަހަށް އެކި ފަރާތްތަކަށް ގިނަގުނަ އެހީ ވެސް ފޯރުކޮށްދީފަ އެވެ.
އެގޮތުން ފަސޭހަ ހާޑްވެއާއިން ވަނީ އެ ދުވަސްވަރު އެޗްޕީއޭއަށް ހިއުމަން ޑިސްއިންފެކްޓިން ޗެމްބަރެއް ދީފަ އެވެ.

ފަސޭހަ ހާޑްވެއާއިން އެޗްޕީއޭއަށް ހަދިޔާކުރި ހިއުމަން ޑިސްއިންފެކްޓިން ޗެމްބަރު-- ފޮޓޯ/ ފަސޭހަ ހާޑްވެއާ
ހަމައެއާއެކު ނޯތު ހާބަރުގައި ހުރި އުޅަނދުފަހަރަށް މާސްކާއި އަންގި ބެހުމުގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ފޮށިގަނޑުތައް ވެސް ފަސޭހަ ހާޑްވެއާއިން ވަނީ ޑިސްއިންފެކްޓު ކޮށްދީފަ އެވެ.

ފަސޭހަ ހާޑްވެއާއިން ކޮވިޑް19 ޕެންޑެމިކްގައި ނޯތު ހާބަރުގައި ހުރި އުޅަނދުފަހަރަށް އަންގިއާއި މާސްކު ބަހަނީ-- ފޮޓޯ/ ފަސޭހަ ހާޑްވެއާ
ފަސޭހަ ހާޑްވެއާއިން ވިއްކާ ތަކެއްޗާއި ޑޮނޭޝަންތަކުގެ މައުލޫމާތު އެ ފިހާރައިގެ ވެބްސައިޓު އަދި ފޭސްބުކް ޕޭޖުން ބަލައިލެވޭނެ އެވެ.