އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭންގެ ދަށުން ހާއްސަ އޮފާތަކެއް

އުރީދޫއިން އެ ކުންފުނީގެ މަގޭ ޕްލޭންގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އޮފާ ތަަކެއް ފަށައިފި އެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް ގެ ނަމުގައި މި އަހަރުގެ ނިޔަލަށް ތައާރަފްކުރެވޭ މި އޮފާތަކުގެ ތެރޭގައި އިތުރު ޑޭޓާ ޕެކޭޖް އަދި ހުކުރު ދުވަހަށް ހާއްސަ ޕެކޭޖްތަކެއްވެސް ހިމެނެ އެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވްސް

  • މަގޭ ޕްލޭން ފަން ފްރައިޑޭ: 75 ރުފިޔާއަށް 5 ޖީބީ، (ކޮންމެ ހުކުރު ދުވަހަކު 24 ގަޑި އިރަށް)
  • 40 ރުފިޔާއަށް ދުވާލަކު 1 ޖީބީ، (24 ގަޑިއިރަށް)
  • 150 ރުފިޔާއަށް ހަފްތާއަކު 3 ޖީބީ، (ހަފްތާއަކު 7 ދުވަހު)
  • ޑޭޓާ 8080 އަދި ޑޭޓާ 1100 ގެ ޕްލޭންތަކަށް ދެ ގުނައަށް އިތުރު ޑޭޓާ. (880 ރުފިޔާއަށް 34 ޖީބީ އަދި 1100 ރުފިޔާއަށް 50ޖީބީގެ ޕްލޭންތަކަށް)

އުރީދޫގެ މަގޭ ޕްލޭންއަކީ ކަސްޓަމަރުންނަށް ބޭނުންގޮތަކަށް މޮބައިލް ޕްލޭން ފަރުމާކުރެވޭ ޙިދުމަތެކެވެ.

މަގޭ ޕްލޭންއަކީ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް އެ ކުންފުނިން ފޯރުކޮށްދޭ ޙިދުމަތެކެވެ.

އެގޮތުން މަގޭ ޕްލޭންގެ ދަށުން ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ޑެޓާ، މެސެޖް އަދި އެހެން ގައުމުތަކަށް ގުޅުމަށް ކޯލް ލިމިޓްސްވެސް ހަމަޖެއްސޭނެ އެވެ.

comment ކޮމެންޓް