ސޮނީ ސްޕޯޓްސް ކިޑްސްއަށް ޕެޕޭ ޖީންސް ލަންޑަން ބްރޭންޑް ތައާރަފުކޮށްފި

ސޮނީ ސްޕޯޓްސް ކިޑްސްއަށް ޕެޕޭ ޖީންސް ލަންޑަން ތައާރަފުކުރުން--

ސޮނީ ސްޕޯޓްސްގެ ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަ، ސޮނީ ސްޕޯޓްސް ކިޑްސްއިން ޕެޕޭ ޖީންސް ލަންޑަން ބްރޭންޑް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ލޮކްޑައުންއަށް ގެނައި އިތުރު ލުއިތަކާއެކު ސޮނީ ސްޕޯޓްސްގެ ހުރިހާ ފިހާރައެއް ވެސް މިއަދު ވަނީ ހުޅުވާފަ އެވެ.

ސޮނީ ސްޕޯޓްސްއިން ބުނީ ޕެޕޭ ޖީންސް ލަންޑަން ބްރޭންޑް އިތުރު ކުރުމަށްޓަކައި ސޮނީ ސްޕޯޓްސް ކިޑްސް ފިހާރަ ޖަނަވަރީ މަގަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ބްރޭންޑް ތައާރަފުކޮށްފައި ވަނީ 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނަކާވެސް އެކުގަ އެވެ.

ލަންޑަންގެ މަޝްހޫރު ޕެޕޭ ޖީންސްއަކީ 1973 ވަނަ އަހަރު އުފެއްދި ބްރޭންޑެކެވެ. މި ބްރޭންޑަކީ އާންމުންގެ މެދުގައި މަގްބޫލު "ޑެނިމް" ސްޓައިލްގެ އުފައްދުންތައް ތައްޔާރުކުރާ ބްރޭންޑެކެވެ. އެގޮތުން ޕެޕޭ ޖީންސްއިން ވަނީ ޑެނިމް ސްޓައިލްއަށް ޒަމާނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ލޮކްޑައުންއަށް ފަހު ސޮނީ ސްޕޯޓްސްގެ އެހެން ހުރިހާ ފިހާރައެއް ވެސް ހުޅުވާފައި ވަނީ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންތަކާއެކުގަ އެވެ.

ޗާނދަނީމަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލްއިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ފުޓްބޯލް ޓާފް ބޫޓުތަކުން 25 ޕަސެންޓު، ރަނިން އެންޑް ޓްރެއިނިން ބޫޓުބް 10 ޕަސެންޓު އަދި ޖޯޒީ ސެޓުތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސްގެ ބާޓާ ފިހާރަ ހުޅުވާފައިވަނީ 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ސޭލްސް ޕްރޮމޯޝަނަކާއެކުގަ އެވެ. އަދި މެންގޯއިން ވިއްކާ މުދަލުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުނެ އެވެ.

މިއަދު ސޮނީ ސްޕޯޓްސްގެ ފިހާރަތައް ހުޅުވާފައި ހުންނާނީ މެންދުރު 1:00 އިން ރޭގަނޑު 9:00އާ ހަމައަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހެނދުނު 10:00 ރޭގަނޑު 9:00އަށް ހުޅުވާފައި ހުންނާނެ އެވެ.

comment ކޮމެންޓް