ފިހާރަތައް ހުޅުވޭނީ ހެނދުނު ނުވައަކުން ރޭގަނޑު ނުވައަކަށް

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ވިޔަފާރީކުރާ ތަންތަން ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ.

ދެމަހަށްވުރެ ގިނަ ދުވަހު ލޮކްޑައުންގައި އޮތުމަށް ފަހު ހުއްދައަކާ ނުލައި މިއަދު އާންމުންނަށް ބޭރަށް ނުކުމެވޭ ގޮތަށް ލުއިތަކެއް ވަނީ ދީފަ އެވެ. އަދި އެހެން ހިދުމަތްތައް ދިނުމަށްވެސް ވަނީ ހުއްދަތަކެއް ދީފަ އެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ އެ ލުއިތަކާއި ގުޅިގެން މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ކަސްޓަމަރުންނަށް ހުޅުވާލައިގެން ހެނދުނު ނުވައަކުން ރޭގަނޑު ނުވައަކަށް ވިޔަފާރި ކުރެވޭނެ ކަމަށެވެ. ރޭގަނޑު 10:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ކަސްޓަަރުންނަސް ހުޅުވާލައިގެންނާއި ޑެލިވަރީގެ ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ލުއިތަކާއެކުވެސް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް އެއްވެސް މީހަކު ބޭރުގައި އުޅުން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް