ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓު ނެރެފި

އައްޑޫ ސިޓީގައި ފެންބޮޑުވެފައި ---

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލީ އެލާޓު ނެރެފިއެވެ. ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 09:00 ން މެންދުރު 12:00 އަށެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފައިވަނީ ދެ އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން، އެކަށީގެންވާކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.

ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.

comment ކޮމެންޓް