އިގީއަށް ފިރިހެން ދަރިއެއް ލިބިއްޖެ

އިގީ އެޒޭލިއާ ---

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިގީ އެޒޭލިއާއަށް ފިރިހެން ދަރިއަކު ލިބިއްޖެ އެވެ.

ރެޕް ލަވަތަކުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިގީ ފުރަތަމަ ދަރިއަކަށް ބަނޑުބޮޑުވެ އިންކަމަށް ވަނީ ދާދި ފަހުން ވާހަކަތަކެއް ދެކެވިފަ އެވެ. ނަމަވެސް އެކަމަށް އެއްވެސް މައުލޫމާތެއް ނުދީ އޭނާ އެތައް ގިނަ ދުވަހަކު ވަނީ މަޑުކޮށްފަ އެވެ.

އެންމެ ފަހުން އޭނާއަށް ދަރިއެއް ލިބުނު ކަމަށް މިދިޔަ އޭޕްރިލް މަހުގައި ވާހަކަތަކެއް ދެކެވުނެވެ. އެހެންނަމަވެސް އެކަމަށް އިގީ އެއްވެސް ރައްދެއް ނުދެއެވެ.

އެންމެ ފަހުން އިގީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ އޭނާއަށް ފުރަތަމަ ދަރިފުޅު ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވަނީ ފިރިހެން ދަރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން މި މައުލޫމާތު ހިއްސާ ކުރަން މަޑުކޮށްގެން ހުރީ އެންމެ ރަނގަޅު ވަގުތަށް. އެކަމު ކިތަންމެ ގިނަ ދުވަސް ވިޔަސް ހަމަ ހީވަނީ ވަކި ރަނގަޅު ވަގުތެއް ނޯންނާނެ ކަމަށް. އެހެންވެސް ވިސްނުމަށް ފަހު މި މައުލޫމާތު މި ހިއްސާކުރަނީ،" އޭނާ ބުންޏެވެ.

އިގީގެ ދަރިފުޅަށް ކިޔާ ނަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް