ރާއްޖޭގެ އުތުރުގެ ރަށެއްގައި ގުރުއާން ކްލާސް ހިންގާ ދިވެހި ފިރިހެނެއް، އޭނާގެ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނެފައިވަނީ އުތުރު ފޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ގުރުއާން ކްލާހެއް ހިންގާ ދިވެހި ފިރިހެނެއް، 18 އަހަރު ނުވާ އޭނާގެ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެކަމާ ގުޅިގެން ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނި މައްސަލައެއް ހުށަހަޅާފައިވަނީ 28 އަހަރުގެ ފިރިހެނެކާ ދެކޮޅަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.