ބޮޑު ފެމުނެެއް ހަމަލާދީ މީހަކު މަރާލައިފި

ރާޅާއެޅުންތެރިޔަށް ހަމަލާ ދީފައިވަނީ 10 ފޫޓުގެ ބޮޑު ފެމުނު މިޔަރެއް --- ފޮޓޯ : އޭޕީ

އޮސްޓްރޭލިއާގެ ދެކުނު ވޭލްސްގެ އުތުރު ސަރަހައްދެއްގައި ރާޅާއަޅަން އުޅުނު 60 އަހަރުގެ މީހަކަށް 10 ފޫޓުގެ ފެމުނެއްގެ ފަރާތުން ލިބުނު އަނިޔާތަކެއްގެ ސަބަބުން އެމީހާ މަރުވެއްޖެ އެވެ.

ރާޅާއަޅަން އުޅުމުގެ ތެރޭގައި ފެމުނެއްގެ ޖަމަލާ އިން އުމުރުން 60 އަހަރުގެ މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އެގޮތުން އެ ފެމުނު ވަނީ އެމީހާގެ ކަރުގައި އަދި ފަލަމަސްގަނޑުގެ އިތުރުން ބުރަކަށީގައި ވެސް ދަތްއަޅައިފަ އެވެ.

އެ މަންޒަރު ފެނުމާ އެކު އެހެން ރާޅާއެޅުންތެރިންވަނީ އެ ތަނަށް ގޮސް އެމީހާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެމީހުންގެ މަސައްކަތުން އެމީހާ އެއްގަމަށް ގެނެސްފައިވެ އެވެ. އަދި އޭނާއަށް ވަގުތުން ފަރުވާ ދިނުމަށްޓަކައި އެމްބިއުލަންސް އެތަނަށް ގޮސްފައިވެ އެވެ.

"އަސްލު މިޔަރެއްގެ ފަރާތުން އަނިޔާއެއް ވިޔޭ ބުނުމުން ނޭނގޭ ކިހާވަރެއްގެ ކަމެއް ކަމެއް ފެނުނީމާ ނޫނީ. ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވޭ،" އިމާޖެންސީގައި ހަރަކާތްތެރިވާ ޑޮކްޓަރެއް ބުންޏެވެ.

އޭނާ ބުނިގޮތުގައި މަރުވި މީހާއަށް ހުރީ ބަލަން އުނދަގޫވާ ވަރުގެ ބޮޑެތި އަނިޔާތައް ލިބިފަ އެވެ. އަދި އެއްގަމަށް ގެނައި އިރު އޭނާ މަރު ނުވާ ކަމަށާއި އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ޑޮކްޓަރު ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހާސިދާ ހިނގި ސަރަހައްދުގެ އަތިރިތަކަށް ދިޔުމާއި މޫދަށް އެރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު