އެމެރިކާއިން ހައްޔަރުކުރި އިރާނުގެ ސައިންޓިސްޓް ޑީޕޯޓްކޮށްލައިފި

ޑީޕޯޓްކޮށްލި އީރާނުގެ ސައިންޓިސްޓް ސައިރަސް އަސްގާރީ--

އެމެރިކާއިން ހައްޔަރުކުރި އިރާނުގެ ސައިންޓިސްޓް ސައިރަސް އަސްގާރީ ޑީޕޯޓްކޮށްލައިފި އެވެ.

އެމެރިކާގެ ޝަރީފް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގައި ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ދިޔަ ސައިރަސްގެ މައްޗަށް ވަނީ އެގައުމުގެ ނޭވީގެ ބޭނުމަށް ކުރަމުން ދިޔަ ރިސާޗް ޕްރޮޖެކްޓަކުން "ސިއްރު"ތަކެއް ވަގަށް ނެގިކަމުގެ ތުހުމަތު ކޮށްފަ އެެވެ.

ނަމަވެސް އޭނާ ވަނީ އެތުހުމަތުތައް ދޮގުކުރައްވައިފަ އެވެެ. އަދި ފަހުން އެމެރިކާގެ ކޯޓަކުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ޕްރޮފެސަރު ޑިޕޯޓްކޮށްލިކަމަށް އެމެރިކާއިން ބުނި ނަމަވެސް އޭނާ ދޫކޮށްލީ އެމެރިކާއާ އީރާނާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ ތެރެއިން ކަމަށްވަނީ އަޑުފެތުރިފަ އެވެެ. ނަމަވެސް ދެގައުމުންވެސް އެކަން ދޮގުކުރެއެެވެ.

އީރާނުން ތުހުމަތު ކުރާގޮތުގައި އެގައުމުގެ އިތުރު ސައިންޓިސްޓުންވެސް އެމެރިކާއިން ދަނީ ހައްޔަރުކޮށްގެން ގެންގުޅެމުންނެވެ.

އެމެރިކާއާ އީރާނާ ދެމެދު ކުށްވެރިއަކު މިދޔަ ޑިސެމްބަރުމަހު ވަނީ ބަަދަލުކޮށްފަ އެެވެ. އެފަހަރު އީރާނުން އެމެރިކާގެ ރިސާޗަރު ޝީޔުއީ ވޭންގް ދޫކޮށްލިއިރު އެމެރިކާއިން މިނިވަންކުރީ އިރާންގެ ސައިންޓިސްޓް މަސްއޫދު ސުލައިމާނީއެވެެ.

އިރާނުން ދާދި ފަހުން ވަނީ އެމެރިކާގެ ކުރީގެ ނޭވީ ސިފައިންގެ މީހެއް ކަމަށްވާ މައިކަލް ވައިޓް ކަފާލާތުގެ ދަށުން ދޫކޮށްލައިފައެެވެ. އޭނާ މިހާރު ހުރީ އީރާންގެ ތެހެރާންގައި ހުންނަ ސުވިޒަލޭންޑް އެމްބަސީގެ ބެލުމުގެ ދަށުގައެެވެ.

އެމެރިކާއިން މިއަހަރު ކުރީކޮޅު އީރާންގެ ގުދުސް ފޯސްގެ އިސް ކޮމާންޑަރު ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލި މައްސަލައިގައި ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެެވެ. މީގެ ކުރިން އެމެރިކާއިން ވަނީ އިރާނާއެކު ހަދާފައިވާ ނިއުކުލިއާ އެއްބަސްވުމުންވެސް ވަކިވެފައެެވެ.---ބީބީސީ--

comment ކޮމެންޓް