އެކްޓަރު ރާނާގެ ކައިވެނި އޮގަސްޓް މަހު

އެކްޓަރު ރާނާ އާއި އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ މިހިކާ--- ފޮޓޯ: ޓްވިޓާ

ފިލްމު "ބާހުބަލީ" އިން ބޮޑު މަގްބޫލުކަމެއް ހޯދި އެކްޓަރު ރާނާ ދަގޫބަތީ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ވިޔަފާރިވެރިޔާ މިހިކާ ބަޖާޖްގެ ކައިވެނި އަންނަ އޯގަސްޓް މަހަށް ތާވަލްކޮށްފިއެވެ.

އެކްޓަރު ރާނާ އަންނަ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހު ކައިވެނިކުރާނެކަން މިހާރު ކަށަވަރުވިއިރު ކުރިން ދެމީހުން ކައިވެނިކުރަން ނިންމީ އަންނަ ޑިސެމްބަރު މަހުގައެވެ. ނަމަވެސް ކައިވެނިކުރުން މިވަނީ އަވަސްކޮށްފައެވެ.

އެކްޓަރު ރާނާގެ ބައްޕަ މީގެ ބުނީ ދެމީހުން އެންގޭޖްވުމަކީ މި ލޮކްޑައުންގައި ލިބުނު ވަރަށް ހިތްހަމަޖެހޭ އުފާވެރި ޚަބަރެއް ކަމަށެވެ. ދެމީހުން ކައިވެނިކުރާނެކަން އިއުލާންކުރި ނަމަވެސް ކައިވެނި ހަފްލާ ބާއްވާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް