"ޕާޓަލް ލޮކް" ގެ ދެވަނަ ސީޒަނެއް

ސީރީޒްގެ މަންޒަރެއް---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކުރާ ވެބް ސީރީޒްް "ޕާޓަލް ލޮކް"ގެ ފުރަތަމަ ސީޒަނެއް މިހާރު ގެނެސްދީފައިވާއިރު އެ ސީރީޒްގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް އަނުޝްކާ ބުނެފިއެވެ.

އޭނާ ބުނީ އުންމީދުނުކުރާ ވަރަށް އެ ސީރީޒަށް ތަރުހީބު ލިބެމުން އަންނަ ކަމަށާއި ބޭނުންވަނީ އެ ސީރީޒްގެ ދެވަނަ ސީޒަނެއް ވެސް ހެދުމަށް ކަމަށެވެ. އޭނާ ބުނީ ދެވަނަ ސީޒަނެއް ހެދުމުގެ މަސައްކަތްވެސް މިހާރު ފެށިއްޖެ ކަމަށާއި އެމެޒޯންއިން އެކަމަށް އެއްބާރުލުން ދީފިނަމަ އަވަސް މުސްތަގްބަލެއްގައި އޭގެ ދެވަނަ ސީޒަނެއް އައުން ވަރަށް ގާތްކަމަށެވެ. ޕާޓަލް ލޮކްގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ ޖުމްލަ ނުވަ އެޕިސޯޑެވެ.

ވެބް ސީރީޒް ޑައިރެކްޓްކުރަނީ "އެންއެޗް10" އާއި ސުދިޕް ޝަރުމާ ގުޅިގެންނެވެ. "ޕާޓަލް ލޮކް" އަކީ ދިއްލީގައި ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޝަން ޑްރާމާއެކެވެ.

comment ކޮމެންޓް