މި މީހާ މަރުވީ ފުލުހަކު އޭނާގެ ކަރަށް ފައިން އެރުމުުން ނޭވާ ނުލެވިގެން

މަރުވި މީހާގެ ކަރުމަތީ ފުލުހުންގެ މީހަކު ފައިން އަރައިގެން--

އެމެރިކާގެ ފުލުހުންތަކެއް މީހަކު ހައްޔަރުކުރުމުގެ ތެރޭގައި އަމަލުކުރިގޮތުން އެގައުމުގެ ކަޅު ނަސްލުގެ މީހަކު މަރުވެއްޖެއެވެެ.

އެ ހާދިސާގައި މަރުވީ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވިއިރު އަތުގައި ހަތިޔާރެއްވެސް ނެތެވެ.

އެ ހާދިސާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު އެމެރިކާގެ މިނިއާޕޮލިސްގެ ޕޮލިސް ޗީފް ވިދާޅުވީ އެ ހާދިސާގައި ޝާމިލްވި ހަތަރު ފުލުހުން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެެވެ.

އެމެރިކާގެ މިނިސޯޓާގައި ހިނގި އެ ހާދިސާގެ ވީޑިއޯ ފުޓޭޖެއްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލައިފައެެވެ.

" އަހަންނަކަށް ނޭވާއެއް ނުލެވޭ" ޖޯޖް އެތައް ފަހަަރަކު ބުނާ އަޑު އެ ވީޑިއޯއިން ފެނެއެވެެ.

މިނިއާޕޮލިސްގެ މޭޔަރު ޖޭކޮބް ފްރޭ ވިދާޅުވީ މިއީ އެއްގޮތަަކަށްވެސް ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭ ހާދިސާ ހިނގަން މެދުވެރިވީ ޖޯޖް ފޭކް ނޫޓްތަކެއް ބޭނުންކޮށްގެން ވިޔަފާރި ކުރަން އުޅޭކަމަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރަން އުޅުމުން ގަދަ ހެދި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ގަދަކަމުން ބިޑިއަޅުވައިފައެވެ.

" އަހަރެން މަރާ ނުލާ" މަރުވި މީހާ އާދޭސްކުރާތަން ލީކް ވެފައިވާ ވީޑިއޯއިން ފެނެއެވެެ. އަދި އެ މަންޒަރު ބަލަން ތިބި މީހުންވެސް، މަރުވި މީހާގެ ކަރުމަތިން ފައި ނަގަން އެދި އާދޭސްކުރަމުންދާ އަޑު އިވެއެވެެ. އޭރު އޭނާގެ ނޭފަތުން ލޭވެސް ދިޔައީ ފައިބަމުންނެވެ.

އެ ހާދިސާއާ ގުޅިގެނ މިނިއޯޕޮލިސްގެ ފުލުހުންގެ އިދާރާގެ ކުރިމަތީގައި މުޒާހަރާތައްވެސް ކަރުނަ ގޭސް ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލައިފައެވެެ. އެ މުޒާހަރާ ކަވަރުކުރަން އުޅުނު އެމެރިކާގެ ސްޓާ ނިއުސްގެ ނޫސްވެރިއަކު ބުނީ އޭނާގެ ގަޔަށް ފުލުހުން ރަބަރު އުންޑައިން ހަމަލާވެސް ދިން ކަމަށެވެ.

އެސޯސިއޭޓަޑް ޕްރެސް ނިއުސް އޭޖެންސީއިން ބުނީ މީހަކު ހައްޔަކުރާއިރު ނޭވާލަން ދަތިނުވާނެހެން އެމީހެއްގެ ކަރަށް ފައިން އަރަން މިނިއޯޕޮލިސްގެ ފުލުހުންނަށް ހުއްދަ އޮންނަ ކަމަށެވެ.

މީގެ ހަ އަހަރުކުރިންވެސް ހިނގި އެފަދަ ހާދިސާއެއްގައި ކަޅު ނަސްލުގެ މީހަކު މަރުވިއެވެެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް ފުލުހުން އަނިޔާކުރާކަމަށް އަބަދުވެސް އެ މީހުން ދެެކެއެެވެ. އެފަދަ ހާދިސާތަކާ ގުޅިގެން "ބްލެކް ލައިވްސް މެޓާ" ގެ ނަމުގައި ބޮޑު ހަރަކާތެއްވެސް މީގެ އަހަރުތަކެއް ކުރިން ކުރިއަށް ގެންގޮސްފައިވެއެެވެ.

ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް