ފިތުރު ޒަކާތަށް 6.6 މިލިއަން ރުފިޔާ، ބޮލަކަށް ޖެހުނު އަދަދު މަދު

ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 6.6 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރާއި ފާއިތުވެދިޔަ ތިން އަހަރު ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއާއި އެ ފައިސާއިން ބޮލަކަށް ޖެހޭ މިންވަރާ ގުޅޭ ބައެއް ތަފްސީލުތައް އިސްލާމިކް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ.

އެ މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު އެންމެ ގިނައިން ފިތުރު ފައިސާ ލިބުނީ މިއަހަރު އެވެ.

  • 2017: 4،4 މިލިއަން ރުފިޔާ
  • 2018: 4.4 މިލިއަން ރުފިޔާ
  • 2019: 5.6 މިލިއަން ރުފިޔާ
  • 2020: 6.6 މިލިއަން ރުފިޔާ

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާއިން ބޮލަކަށް ޖެހެނީ 3800ރ. އެވެ. އެއީ މިދިޔަ އަހަރު ބޮލަކަށް ޖެހުނު މިންވަރަށް ވުރެ 1200ރ. މަދު އަދަދެކެވެ.

މުޅި ރާއްޖޭގައި ފަގީރުންގެ ދަފްތަރަށް 6.4 މިލިއަން ރުފިޔާ ބަހާފައިވާއިރު، މިއަހަރު މާލެއިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 1715 މީހުންނެވެ. އޭގެ ތެރެއިން ފައިސާ ހަވާލުކޮށްފައިވަނީ 1697 މީހުންނާ އެވެ.

ފިތުރު ޒަކާތުގެ ފައިސާގެ ތެރެއިން ފިޔަވަތި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 201،097 ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް