ޖަރުމަނުގައި ފުރަބަންދާ ދެކޮޅަށް މުޒާހަރާކުރި 60 މީހަރު ހައްޔަރުކޮށްފި

ޖަރުމަނުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން --- ފޮޓޯ: އަލްޖަޒީރާ

ކޮވިޑް-19 އާ ގުޅިގެން ޖަރުމަނުގެ ބައެއް ސަރަހައްދުގައި އަމަލުކުރަމުން ގެންދާ ފުރަބަންދާ ދެކޮޅަށް ބާލިންގައި މުޒާހަރާކުރި 60 މީހަކު ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަލާމަތީގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ދެކޮޅު ހަދައި މުޒާހަރާކުރި ފަރާތްތަކުން ވަނީ ފުލުހުންނަށްވެސް އެކި ކަހަލަ ހަމަލާތައް ކޮށްފައެވެ.

ބާލިންގެ ފުލުހުން ބުނެފައިވަނީ އެ މުޒާހަރާގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ޖަރުމަނުގައި ކޮވިޑްއާ ދެކޮޅަށް އެގައުމުގެ ޗާންސެލާ އެންގެލާ މާކެލް ކުރައްވަމުން ގެންދަވާ މަސައްކަތައް އާންމުންގެ ތަފާތު ފާޑުކިޔުން ދަނީ ރައްދުވަމުންނެވެ.

އެގޮތުން އާންމުންގެ ހިތްހަމަނުޖެހުންތައް ފާޅުކުރުމުގެ ގޮތުން މީގެކުރީން ދެ ފަހަރަކުވެސް ވަނީ މުޒާހަރާކޮށްފައެވެ. ނަމަވެސް އެ ދެބުރުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އާންމުންގެ ފަރާތްތަކުން ގޮވާލަމުން ދަނީ ލޮކްޑައުންއަށް ލުުޔެއް ދިނުމާއި ލޮކްޑައުން ނެގުމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ލޮކްޑައުން ވަރުގަދަކޮށް ބަހައްޓާނެ ކަމަށް މާކެލް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް