އިސްލާމިކް ޔުނިވާސިޓީގެ ކޯސްފީތަކުގެ 20 ޕަސެންޓް މާފްކޮށްދީފި

އިސްލާމިކް ޔުނިވަސީޓި އޮފް މޯލްޑްވިސް

އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ކޯސްފީތަކުގެ 20 ޕަސެންޓް މާފްކޮށްދީފި އެވެ.

އިސްލާމިކް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯސްފީތަކުގެ 20 ޕަސެންޓް މާފްކޮށްދޭން ނިންމީ ކޮރޯނާ ވައިރަސްއާ ގުޅިގެން މާލީ ގޮތުން މިވަގުތު ދަތިވެފައިވާތީއާއެކު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެެވެ.

"ހުރިހާ ކޯސްތަކެއްގެ، 2020 ވަނަ އަހަރުގެ ޖުމްލަ ޓިއުޝަން ފީ ގެ 20 ޕަސެންޓް ދަރިވަރުންނަށް މަޢާފު ކޮށްދިނުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ." އެ ޔުނިވާސިޓީން ނެރުނު ބަޔާނުގައިވެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް)އިން މިދިޔަ އޭޕްރީލް މަހު ފަހަކުން ފެށިގެން އޮންލައިންކޮށް ކިޔަވައިދިނުން ވަނީ ކުރިއަށް ގެންގޮސްފައެެވެ. ނަމަވެސް މާލެ ފުރަބަންދުކުރި ހިސާބުން ފެށިގެން މިމަހުގެ އެކަކުން ފެށިގެން 28 އަށް އޮންލައިންކޮށް ކިޔަވައިދުނުންވެސް މެދުކަނޑާލައިފަ އެެވެ.

އެހެން ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލުނު ނުދިނުމުގެ ގޮތުން މިމަހުގެ 29 އިން ފެށިގެނ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އައިޔޫއެމްއިން ބުންޏެވެ.

"އޮންލައިންކޮށް ކިޔަވައިދިނުމަށް ޔުނިވާސިޓީގެ މަޖިލީހުން ރުހުން ދީފައި ވުމާއެކު އެކަޑެމިކް ބޯޑުންވެސް ވަނީ މިކަން ފާސްކޮށް މިކަމާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ." ޔުނިވާސިޓީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް