އުރީދޫ އެމްފައިސާއިން ޒަކާތް ދައްކަން ލުއި ގޮތްތަކެއް

މީގެ ކުރިން ޒަކާތު ފައިސާ ދެއްކުމަށްޓަކައި މީހުން ގޮސް ތިބެން ޖެހެނީ ދިގު ކިއޫތަކުގަ އެވެ. ނަމަވެސް ޒަމާނީ ވަސީލަތްތަކާއެކު މިހާރު އޮންލައިންކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ފަހިވެފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ، އަދި ޒަކާތް ދައްކަން އެންމެ ފަސޭހަ އެއް ގޮތަކީ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމްފައިސާ އެވެ.

އުރީދޫ އެޕްލިކޭޝަނުގައި ހިމަނާފައިވާ އެމްފައިސާ ހިދުމަތުން ޒަކާތް ދެއްކޭނެ ގޮތް އެކުންފުނިން ހަމަޖައްސައިދިނީ މިދިޔަ އަހަރުގަ އެވެ. މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ކަސްޓަމަރުންނަށް އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.

އެމްފައިސާއިން ޒަކާތް ދައްކާނީ ކިހިނެއް؟

އެމްފައިސާއިން ޒަކާތް ދެއްކުމަށްޓަކައި އުރީދޫ އެޕްލިކޭޝަނުން އެމްފައިސާއަށް ލޮގިން ވުމަށްފަހު ހިދުމަތުގެ ބައިން ފިތުރު ޒަކާތް ހިޔާރު ކުރުމުން ޒަކާތް ދައްކަން އޮޕްޝަންތަކެއް (ހަނޑޫ/ފުށް) ފެންނާނެ އެވެ.

އެއަށްފަހު ފައިސާ ދައްކާ ފަރާތުގެ މައުލޫމާތު ފުރިހަމަ ކޮށްލުމަށްފަހު ޕޭމަންޓް ކޮންފާމް ކޮށްލުމުން ޒަކާތުގެ ފައިސާ ދައްކާ ނިމުނީ އެވެ. އެމްފައިސާއިން ޒަކާތަށް ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާނީ މެއި 21 ވަނަ ދުވަހުގެ ހަވީރު 6:00 ގަ އެވެ.

ޒަކާތް ދެއްކުމުގެ އިތުރުން އެމްފައިސާ މެދުވެރިކޮށް އެކި ޖަމިއްޔާތަކަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ކެންސަރު ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި ހިމެނެ އެވެ.

ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު އުރީދޫއިން އިލްތިމާސް ކުރަނީ ބޭރަށް ނުގޮސް، ގޭގައި ތިބުމަށާއި ވީވަރަކުން ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމަށެވެ.

އުރީދޫ އެޕްލިކޭޝަނުން ފައިސާ ދެއްކޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ފެނާއި ކަރަންޓު ބިލު، ކައްކާ ގޭހަށް އޯޑަރު ކުރުމާއި ފައިސާ ދެއްކުން، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ ގަންނަ ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކުން އަދި އެހެން މީހުންނަށް ފައިސާ ޓްރާންސްފާ ކުރުން ހިމެނެ އެވެ.

އެމްފައިސާ ހިދުމަތަށް އަލަށް ގުޅެން ބޭނުންވާ ކަސްޓަމަރުން މި ލިންކަށް ވަނުމަށްފަހު އެމްފައިސާ ހިޔާރުކުރާށެވެ. އަދި ފުރަން ޖެހޭ ބައިތައް ފުރިހަމަ ކުރުމަށްފަހު ފޯނަށް އަންނަ އޯޓީޕީ ކޯޑު އެންޓާ ކުރުމުން އެކައުންޓް އެކްޓިވޭޓް ވާނެ އެވެ.

އެމްފައިސާ އެކައުންޓަށް ބީއެމްއެލްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓްތަކުން ވެސް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ.

comment ކޮމެންޓް