ފްރާންސްގައި "ހޭޓް ސްޕީޗް" ހުންނަ ކޮންޓެންޓް އެއް ދުވަސް ތެރޭ ނަގަން ޖެހޭ ގާނޫނެއް

ފްރާންސްގެ ގާނޫނު ހަދާ މަޖިލިސް

އިންޓަނެޓްގައި ދައުރުވާ" ހޭޓް ސްޕީޗް" ނުވަތަ އެހެން މީހުންނާމެދު ނަފްރަތު އުފެދޭ ކަހަލަ ކޮންޓެންޓް 24 ގަޑިއިރު ތެރޭ ތެރޭ ނަގަން މަޖުބޫރުކުރާ ގާނޫނެއްގެ ބިލެއް ފްރާންސްއިން ފާސްކޮށްފިއެވެ.

ސޯޝަލް ނެޓްވޯކްތަކާއި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ހުންނަ އެފަދަ ކޮންޓެންޓް ނުނަގައިފިނަމަ ބޮޑު އަދަދުން ޖޫރިމަނާ ކުރާނެއެެެވެ.

ހޭޓް ސްޕީޗްގެ ގޮތުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ޔަހޫދީންނާ ދެކޮޅަށް ނާޒީން ހިންގި ގަތުލްއާންމަކީ ނުހިނގާ ކަމަށް ބުނުމާއި، ވަކި ބަޔަކާ ދެކޮޅަށް ތަފާތު ކުރުމަށް ހިތްވަރު ދިނުމާއި މީހުންނަށް މަރުގެ އިންޒާރު ދިނުން ހިމެނެއެެވެ.

އާ ގާނޫނުގެ ދަށުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ އޮރިޔާންކާޑާއި އަދި ޓެރެރިޒަމް އާ ގުޅޭ ކޮންޓެންޓް އެއް ގަޑިއިރު ތެރޭ ނަގަން ޖެހޭނެއެެވެ.

އެ ގަވައިދުތަކަށް ބޯ ނުލަނބާނަމަ ކުންފުނިތަކަށް ލިބޭ އާމްދަނީގެ 4 ޕަސެންޓްއިން ޖޫރިމަނާ ކުރެވެއެެވެ.

ޖަރުމަނުންވެސް މީގެ ކުރިން ވަނީ އެފަދަ ގާނޫނެއް ފާސްކޮށްފައެވެެ.

ފްރާންސްގެ ޑިޖިޓަލް ރައިޓްސް ގްރޫޕް ލާ ކުއަދުރޭޗާ ޑު ނެޓްއިން ބުނީ އެއް ގަޑިއިރު ތެރޭ ޓެރެރަޒިމްއާ ގުޅޭ ކޮންޓެންޓް ނެގުމަކީ ކުރެވޭނެކަމެއް ނޫން ކަމަށެެވެ.

ފާޑު ކިޔާ މީހުން މިހާރުވެސް ބުނަމުންދަނީ އެ ބިލަކީ ހިޔާލު ފާޅުކުރުން ހަނިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެެވެ.

ފްރާންސްގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފައެެވެ.

ބީބީސީ

comment ކޮމެންޓް