ބ އަތޮޅުން ވ އަތޮޅަށް އެލާޓް ނެރެފި

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިއްސާރަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމަށް ރީނދޫ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުގެ ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް މެޓުން ބުންޏެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް