އެޓޯލް ޖޫނިއާ / އެޓޯލް އިންޓަ ސްކޫލް:
މުބާރާތްތައް ބޭއްވުމަށް ފަސް ރަށަކުން ޝައުގުވެރިކަން ފައުޅުކޮށްފި

އަންނަ އަހަރު ރާއްޖޭގެ އަތޮޅުތަކުގައި ބޭއްވުމަށް ނިންމާފައިވާ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓް އަދި އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ބޭއްވުމަށް ފަސް ރަށަކުން ޝައުގުވެރިކަން ފައުޅުކޮށްފި އެވެ.

މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަނުން ހުޅުވާލި ފުރުސަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވި އިރު، މުބާރާތްތައް ބާއްވަން ޝައުގުވެރިކަން ފައުޅުކުރި ފަސް ރަށަކީ އައްޑޫ ސިޓީ، ޏ. ފުވައްމުލައް، ރ. ދުވާފަރު، ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށްޓެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ އަތޮޅުތަކުގައި 1996ވަނަ އަހަރުންފެށިގެން ބާއްވަމުން އަންނަ އެތުލެޓިކްސް މުބާރާތްތަކަށް ބަލާ އިރު ހދ. ކުޅުދުއްފުށްޓާއި އައްޑޫ ސިޓީ އަކީ އެތުލެޓިކްސް މުބާރާތްތައް އެންމެ ގިނައިން ބޭއްވިފައިވާ ދެ ރަށެވެ.

ހުސްވި އަހަރު މިމުބާރާތް ބޭއްވީ ޏ. ފުވައްމުލަކުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު