ސަޅިބައިސާ އާއި ކައްތިރި ބަލައިލަން ހިނގާ

ސަޅިބައިސާގެ މަންޒަރެއް---

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ކޮމެޑީ "ސަޅިބައިސާ" އަދި ޓެލެޑްރާމާ "ކައްތިރި" ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ބައިސްކޯފުން މިހާރު ސަޅިބައިސާ ދައްކަން ފަށާފައިވާއިރު މިއީ ސަޅިބައިސާ ނުބެލި ތިބި މީހުންނަށް އެ ބަލައިލަން ލިބުނު ރަނުގެ ފުރުސަތެކެވެ.

ދިވެހީންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ "ސަޅިބައިސާ" ޑައިރެކްޓްކުރީ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ)އެވެ.

ސަޅިބައިސާ އިން ފެނިގެންދަނީ އެކްޓަރު އަހްމަދު ނިމާލު ނުވަތަ މަޝްހޫރު ނަމުންނަމަ ބިރުކުޑަ އަލީ ގެ މޮޅެތި ވާހަކަތަކެވެ. ނިމާލުގެ ސަޅިބައިސާ ބައިސްކޯފުން ސްޓްރީމް ކުރަން ފަށާފައިވާއިރު ޓީވީއެމްއިން ގެނެސްދިން ޑްރާމާ "ކައްތިރި" ވެސް މިހާރު ބައިސްކޯފުން ބަލައިލެވޭނެ އެވެ.

މި ޑްރާމާތައް ބެލި މީހުން ވެސް އަދި އެއްފަހަރު މި ބަލައިލާ ހަނދާން އާކޮށްލުން ރަނގަޅުވާނެ އެވެ.

comment ކޮމެންޓް