ކޮވިޑް19 ރިލީފް ފަންޑަން ބިޔޯންސޭ ހަ މިލިއަން ޑޮލަރު ހަދިޔާ

ލަވަކިޔުންތެރިޔާ ބިޔޯންސޭ--

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ކޮވިޑް19ގެ ރިލީފް ފަންޑަށް ހަ މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ބިޔޯންސޭ ބުނީ ނަފްސާނީ ބަލިތަކަށް އިސްކަންދީގެން ކުރިއަށް ގެންދާ އެ ހަރަކާތަކީ ޔޫސީއެލްއޭ އާ ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ.

އޭނާ ބުނީ އެ ހަރަކާތުގައި 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތްކުރަމުން އަންނަ އެކި ކަހަލަ އޮގަނައިޒޭޝަން ތަކަށް އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން ވެސް ބައެއް ކަހަލަ ތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާނާ، ފެން، ތަންތަން ސާފުކުރަން ބޭނުންކުރާ ސާމާނު، ބޭސް އަދި ފޭސް މާސްކް ހިމެނެ އެވެ.

ބިޔޯންސޭ ބުނީ މުޅި ދުނިޔެ މިފަދަ ނުރައްކާތެރި ބައްޔެއް ތަހައްމަލުކުރަމުން އަންނަ ދަނޑިވަޅެއްގައި އެހީ ބޭނުންވެފައި ތިބި ބަޔަކަށް އެހީ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

comment ކޮމެންޓް