އާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ފެށުން މަޑުޖައްސާލަން ނިންމައިިފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ދައުލަތުން ފާސްކުރި ބަޖެޓުގައި އަންދާސާކޮށްފައިވާ އަދަދަށް ފައިސާ ލިބުމަށް ދަތިވާނެތީ، ކުރިއަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަހަރަށް ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުރާނެ މަސައްކަތްތައް ހާމަކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ޕްރެންޒެންޓޭޝަނެއް އާންމުކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ބަޖެޓުގެ ހަރަދު ކުޑަކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރަށް ބަޖެޓުކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާހުރި މަޝްރޫއުތައް ޓެންޑާ ނުކޮށް މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"އަދި ސަޕްލައި ޗެއިން ދަތިތަކާ ގުޅިގެން ކުރިއަށްދާ މަޝްރޫއުތައްވެސް މަޑުޖެހޭނެ ކަމަށް ބެލެވޭ،" އަމީރު ވިދާޅުވިއެވެ.

އޭގެއިތުރުން ހަރަދު ކުޑަކުރުމަށްޓަކައި ކުރަން ނިންމާފައިވާ ކަންތައްތައް

ދަތުރުފަތުރަށްކުރާ ހަރަދުން 33 ޕަސެންޓް ކުޑަކުރުން

އެއްގަމުގައި ދިއްވާ އުޅަނދުފަހަރު ގަތުން ހުއްޓާލުން

ޓްރެއިނިން އަށް ކުރާ ހަރަދު 30 ޕަސެންޓް ކުޑަކުރުން

ދަތުރުފަތުރުގެ ހަރަދުން 33 ޕަސެންޓް ކުޑަކުރުން

މަރާމާތަށް ކުރާ ހަރަދުން 59 ޕަސެންޓް ކުޑަކުރުން

ހަރުމުދާ ހޯދަން ކުރާ ހަރަދުން 70 ޕަސެންޓް ކުޑަކުރުން

comment ކޮމެންޓް