ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު އެއް އެކްޓަރު މިތުން ޗަކްރަބޯޓީގެ ބައްޕަ ބަސަންތްކުމާރު ޗަކްރަބޯޓީ މަރުވެއްޖެ އެވެ.
އުމުރުން 95 އަހަރުގައި އޭނާ މަރުވީ މުމްބާއީގަ އެވެ. މިދިޔަ އަންގާރަ ދުވަހު ބަސަންތްކުމާރު މަރުވިކަން މިތުންގެ ދަރިފުޅު ނަމާޝީ ޗަކްރަބޯޓީ ވަނީ ޔަގީންކޮށްދީފަ އެވެ. ބަސަންތްކުމާރު މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށް ޚަބަރުތައް ބުނެ އެވެ.
އިންޑިއާ ލޮކްޑައުންކުރި އިރު މިތުން ހުރީ ފިލްމެއްގެ ޝޫޓިން އަށް ބެންގަލޫރަށް ގޮހެވެ. އެކަމުގެ ސަބަބުން އޭނާއަށް އެނބުރި މުމްބާއީއަށް އާދެވިފައެއް ނުވެ އެވެ.
ބަސަންތްކުމާރު ޗަކްރަބޯޓީ މަރުވިއިރު އޭނާގެ އަންހެނުން ދުނިޔޭގައި އެބަހުއްޓެވެ.