މާލެ ލޮކްޑައުން ވުމުން، ހުކުރު ހުތުބާ ސްޓޫޑިއޯއިން

މާލެއިން ކޮވިޑް19 ފެނުމާ ގުޅިގެން، މާލެ ސަރަހައްދު ލޮކްޑައުންކޮށް، މާލެއިން ފުރުން މަނާކުރުުން މަނާކުރުމުން މިއަދުގެ ހުކުރު ހުތުބާ ސްޓޫޑިއޯ އިން ލައިވް ކޮށްފިއެވެ.

މިއީ ގައުމީ ޓީވީ، ޓެލެވިޝަން މޯލްޑިވްސް (ޓީވީއެމް) އިންް ޖަމާއަތުގައި ކުރާ ހުކުރު ނަމާދެއް ލައިވް ނުކުރާ ފުރަތަމަ ފަހަރެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް އެންގީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް، ޓީވީއެމް އިން ވަނީ އެހެން ރަށްތަކަށް ގޮސް، ހުކުރު ނަމާދުގެ ޖަމާއަތް ވަގުތުން ދުރަށް ދައްކައިފައެވެ.

މިއަދުގެ ހުކުރު ނަމާދުގެ ޖަމާއަތް ޓީވީއެމް އަށް ލައިވް ނުކުރެވުނީ، މާލެ ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން، ޓީވީއެމްގެ ކްރޫއަށް މާލެއިން ފުރޭނެ އިންތިޒާމް ހަމަނުޖެހުމުގެ ސަބަބުންނެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ ހުކުރު ހުތުބާ ގެނެސްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓީވީއެމްގެ ލައިވް ފީޑް ހުރިހާ ޓީވީތަކަށް ވެސް ދޫކުރާނެ ކަމަށެވެ.

ޓީވީއެމްގެ ސްޓޫޑިއޯ އިން މިއަދުގެ ހުކުރު ހުތުބާ ގެނެސްދީފައި ވަނީ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފެވެ. މިއަދުގެ ހުތުބާގައި އަލިއަޅުވާލައްވާފައި ވަނީ ޝައުބާން މަހާއި ހެޔޮ އަމަލުގެ މައްޗަށެވެ.

އެގޮތުން ޝައުބާން މަހަކީ ހިތާއި ގުނަވަންތަކުން ރަމަޟާން މަހުގައި، ގަދައަޅައި އަޅުކަަން ކުރުމަށް ލިބިދޭ ތަމްރީނެއް ކަމަށާއި ޝައިތޯނާގެ ކަސްތޮޅުތަކުން މިނިވަންވެ، ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެ، ބޭކާރު ވަހުމްތަކާއި ވަސްވާސްތަކުން ދުރުހެލިވެ ސީދާ ވުމަށް ލިބޭ ފުރުސަތެއް ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް