ބާރަށަށް ކަރަންޓްގެ ހިދުމަތް ކުރިން ދެމުންގެންދިޔަ އަމިއްލަ ޖަމިއްޔާއަކަށް ދޭންޖެހޭ އެއްލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ރަށު އޮފީހަށް އަންގައި ކޯޓުން ހުކުމްކޮށްފި

14:30


ހއ. ބާރަށަށް ކަރަންޓްގެ ހިދުމަތް ކުރިން ދެމުންގެންދިޔަ އަމިއްލަ ޖަމިއްޔާއަކަށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭ އެއްލައްކައަށްވުރެ ގިނަ ރުފިޔާ ރަށު އޮފީހުން އެޖަމިއްޔާ އަށް ނުދިން މައްސަލާގައި 15 ދުވަހުގެ ތެރޭގައި އެފައިސާ އެޖަމިއްޔާ އަށް ދިނުމަށް ރަށު އޮފީހަށް އަންގައި ބާރަށު ކޯޓުން ހުކުމްކޮށްފި އެވެ.


ބާރަށު ކޯޓުން ކޮށްފައިވާ އެހުކުމްގައި ބުނެފައި ވަނީ ބާރަށު ރެހެންދި މޫމްވަންޓް ނަމަކަށް ކިޔާ އަމިއްލަ ޖަމިއްޔާއަކުން ރަށުގެ ބަޔަކަށް ކަރަންޓްގެ ހިދުމަތް ދިން ދުވަސްވަރު ސަރުކާރުން އެޖަމިއްޔާ އަށް ކަރަންޓް ސަބްސިޑީގެ ގޮތުގައި އެއްލައްކަ ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ރުފިޔާ ބާރަށު އެކައުންޓަށް ސަރުކާރުން ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެފައިސާ އެޖަމިއްޔާ އަށް ދިނުމަށް އަތޮޅު އޮފީހުން ބާރަށު އޮފީހަށް 18 އޮގަސްޓްގައި އަންގާފައިވާ ކަމަށް ރަށު އޮފީހުން އިޢުތިރާފްވެފައިވުމުގެ އިތުރުން އެޖަމިއްޔާގެ ފަރާތުން ހުށަހެޅި ލިޔެލިޔުންތަކާއި އެކޯޓުން ހޯދި މައުލޫމާތު ތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު ހަތެއް ޑިސެންބަރ 2007 ގައާއި، 11 ސެޕްޓެންބަރ 2006 ގައި އެ ފައިސާ އެމްއެމްއޭގައި އޮންނަ ބާރަށު ރައްޔިތުންގެ އެކައުންޓަށް ޖަމާކޮށްދީފައިވާ އެނގޭ ކަމަށްވެސް އެ ހުކުމްގައިވެ އެވެ.


މީގެ އިތުރުން އެ ދުވަސްވަރު ބާރަށު އެކައުންޓަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަސްލައްކަ ހަތްދިހަ ތިން ހާސް ނުވަދިހަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށާއި އަދި ރެހެންދި މޫވްމަންޓަށް އެފައިސާ ދިނުމަށް އަތޮޅު އޮފީހުންވެސް އަންގާފައިވަނިކޮށް އެފައިސާ ޖަމާނުކޮށްދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ބާރަށު ކޯޓުން ކޮށްފައިވޭ އެހުކްގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު