މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށް ލީ ޑްރަގްގެ މައްސަލަތަކުގައި: ކަރެކްޝަންސް

މާފުށީ ޖަލު

މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށް ލީ ޑްރަގްގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު 60 މީހަކު ވަނީ ރާއްޖޭގެ އެކި ޖަލުތަކަށް ގެންގޮސްފައެވެ.

އެގޮތުން ޖަލަށް ގެންދިޔަމީހުންގެ ގެ ތެރެއިން 37.1 ޕަސެންޓް މީހުން ޖަލަށް ގެންގޮސްފައިވަނީ ޑްރަގްގެ މައްސަލަތަކުގައެވެ.

އެއަށްފަހު ދެން އެންމެ ގިނަ މީހުން ޖަލަށް ގެންގޮސްފައިވަނީ ވައްކަމާއި ފޭރުމުގެ އަމަލުތަކުގައެވެ. އެގޮތުން 17.1 ޕަސެންޓް މީހުންވަނީ އެ ފަދަ މައްސަލަތަކުގައި މިދިޔަ މަހު ޖަލަށް ލައިފައެވެ.

އޭގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައިވެސް 11.4 ޕަސެންޓް މީހުން މާޗްމަހު ޖަލަށް ވަނީ ގެންގޮސްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި 8.6 ޕަސެންޓް މީހުން މިދިޔަ މަހު ޖަަލަށް ވަނީ ގެންގޮސްފައެވެ.

ޓެރަރިޒަމްގެ ކުށުގައިވެސް 5.7 ޕަސެންޓް މީހުން މާޗްމަހު ޖަލަށް ވަނީ ގެންގޮސްފައެވެ.

މިދިޔަ މަހު ޖަލަށް ލުމަށް 35 މީހަކަށް ހުކުމް ކުރިއިރު 25 މީހެއްގެ ޝަރީއަތްކުރިއަށް ދާތީ 25 މީހަކު ހުރީ ބަންދުގައެވެ.

comment ކޮމެންޓް