މަންޓާގެ ޝެޑިއުލް ފްލައިޓުތައް ސީޕްލޭނުގައި ކުރަން ނިންމައިފި

މަންޓާ އެއާގެ އެއާކްރާފްޓެއް--- ފޮޓޯ/ މަންޓާ އެއާ

ރާއްޖޭގައި ހިންގާ ޑޮމެސްޓިކް އެއާލައިން މަންޓާ އެއާގެ ޝެޑިއުލް ދަތުރުތައް ސީޕްލޭނުގައި ކުރުމަށް ނިންމައިފިއެވެ.

މަންޓާ އެއާއިން ބުނި ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން ދަތުރުފަތުރަށް އައިސްފައިވާ ހީނަރުކަމާއި އަދި މާލީ ދަތިތަކާ ގުޅިގެން އެ ކުންފުނިން ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓަށް އޭޓީއާރު މަރުކާގެ ބޯޓުތަކުގައި ކުރަމުން އައި ޝެޑިއުލް ދަތުރުތައް އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓަލާނެއެވެ.

އެހެން ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މަންޓާގެ ޑެއިލީ ފްލައިޓުގެ ހިދުމަތް އެ އެއާލައިނުގެ ސީޕްލޭނުތަކުގައި ކުރުމަށް ނިންމާފައިވާނެ ކަމަށެވެ.

"ސީޕްލޭން މެދުވެރިކޮށް ޑެއިލީ ފްލައިޓުތައް ކުރިއަށް ގެންދިއުމަށް ނިންމީ މި ދެ އަތޮޅުތަކުގެ ޑޮމެސްޓިކް ޓްރާންސްފާ ކަނެކްޓިވިޓީ ދެމެހެއްޓުމަށް. އަދި އެމަޖެންސީ ފްލައިޓުތައް ބޭއްވުމަށް،" މަންޓާއިން ބުންޏެވެ.

މަންޓާގެ ވެބްސައިޓު އަދި ރިޒަވޭޝަން ޓީމަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

ކޮރޯނާއާ ގުޅިގެން ވައިގެ ދަތުރުފަތުރު ކުރުމަށް އައި ހީނަރުކަމާއެކު މަންޓާއިން ގއ. ކޫއްޑޫއަށް ކުރަމުންދިޔަ ދަތުރުތައް މި މަހުގެ 29ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން ވަނީ ހުއްޓާލާފަ އެވެ.

comment ކޮމެންޓް