200 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރުމުން އެންޒީގެ އުފެއްދުންތައް ގެއާ ހަމައަށް

އެންޒީގެ ބައެއް އުފެއްދުންތައް -- ފޮޓޯ :އެންޒީ

ކޮރޯނާވައިރަހާ ގުޅިގެން ބޭރަށް ނިކުތުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާ މި ދަނޑިވަޅުގައި އެންޒީގެ ފިހާރަތަކުން ކަސްޓަަމަރުންގެ އޯޑަރުތައް ގޭގެއަށް ޑެލިވަރީކޮށްދޭން ނިންމައިފި އެވެ.

އެންޒީ އިން ބުނީ މިއަދުން ފެށިގެން 200 ރުފިޔާ އިން މަތީގެ އޯޑަރުތައް ގޭގެއަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ސްމޯކްޑް ޓޫނާގެ އެކި ބާވަތްތައް، ރޯމަސް، ދަޅު މަސް އަދި ބޭކަރީ އެންޑް ޕޭސްޓްރީ ގެ އުފެއްދުންތަކަށް އޯޑަރު ދިނުމުން ގެއަށް ގެންގޮސްދޭނެ ކަމަށް އެންޒީ އިން ބުންޏެވެ.

އެކުންފުނިން ބުނީ ކަސްޓަމަރުން ގޭގައި ތިބެގެން ފޯނުން ގުޅައި، އޯޑަރު ކުރެވޭނެ ކަމަށެވެ. މާލޭގައި ނަމަ ހޮޓްލައިން ނަމްބަރ 7248899 އަދި ހުޅުމާލޭގައި ނަމަ 7258899 އަށް ގުޅައިގެން އޯޑަރު ދެވޭނެ އެވެ

އޯޑަރު ދިނުމަށް ގުޅާނީ ހެނދުނު 8:30 އާއި ހަވީރު 4:00 ދެމެދުގެ ވަގުތެއްގަ އެވެ. ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓާއި އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ހިއްސާ ކުރުމުން ގެއަށް ތަކެތި ފޯރުކޮށްދޭނެ އެވެ.

އެންޒީ އިން މީގެ ކުރިން ވަނީ މަސްދަޅުކޭޭސް ހިލޭ ޑެލިވަރީ ކޮށްދޭން ފަށައިފަ އެވެ. އެ ހިދުމަތަށް ކަސްޓަމަރުންގެ ބޮޑު ތަރުހީެބެއް ދަނީ ލިބެމުންނެވެ.

ކޮރޯނާ އާއި ގުޅިގެން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާއިރު، ގިނަ ފިހާރަތަކުން ވަނީ އޮންލައިން އޯޑަރު އަދި ގުޅައިގެން އޯޑަރު ދިނުމުން ގެއަށް މުދާ ގެންގޮސްދޭ ހިދުުމަތް ފަށައިފަ އެވެ. މާލެ ސަރަހައްދުގެ ކެފޭ، ރެސްޓޯރެންޓުތައް ޑައިން އިން އަށް ބަންދު ކުރުމާއެކު ރެސްޓޯރެންޓުތަކާއި ހޮޓާ އަދި ކެފޭތަކުންވެސް ދަނީ ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދެމުންނެވެ.

comment ކޮމެންޓް