10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކެއް ވެއްޔާ ކުޅެނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އުމުރުން 10 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހުން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހަތަރު އަތޮޅެއް ހިމެނެއެވެ. އެއީ ނ.، ރ.، ބ.، އަދި ޅ. މި އަތޮޅުތަކެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ފުލުހުން ހާދިސާ ހިނގާ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ. އެއީ އެ ކުޑަކުދިންގެ ވަނަވަރު ސިއްރު ކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް