ކޮރޯނާވައިރަސް: އެލައިޑުގެ ހިދުމަތްތައް އޮންލައިންކޮށް

އެލައިޑް އިންޝުއަރެންސް އަހަރީ ރިޕޯޓް ފޮޓޯ

އެލައިޑުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށްފި އެވެ.

އެކުންފުނިން މިއަދު ބުނީ މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު ރާއްޖެއަށްވެސް ފޯރާފައިވާތީ، ކުންފުނިން ހިދުމަތް ލިބިގަންނަ ހުރިހާ ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ މިއަދުން ފެށިގެން ކުންފުނީގެ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެލައިޑްގެ ހިދުމަތްތަކަށާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ހިދުމަތްތައްވެސް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން އެކުންފުނިން ފޯރުކޮށްދޭ ބިދޭސީންގެ އިންޝުއަރަންސް އޮންލައިންކޮށް ލިބޭނެ ކަމަށާއި ބިދޭސީންގެ އިންޝުއަރަންސް ޕޮލިސީތައް، އޮންލައިކޮށް ނެގޭނެ އިންތިޒާމު މިމަހުގެ 15 އިން ފެށިގެން ހަމަޖެހިފައިވާނެ ކަމަށް އެލައިޑުން ބުންޏެވެ. މި ހިދުމަތް އެލައިޑްގެ އޮންލައިން ޕޯޓަލް އިން ލިބޭނެ އެވެ.

މީގެ އިތުރުން މިހާރުވެސް އެކުންފުނީގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯޓަލް މެދުވެރިކޮށް މޮޓޯ އިންޝުއަރެންސް، ޓްރެވެލް އިންޝުއަރަންސް، ކާގޯ އިންޝުއަރަންސް އަދި ހޯމް ކޮންޓެންޓް ތަކަފުލް އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެލައިޑުން ބުންޏެވެ.

އޮންލައިންކޮށް ނުލިބޭ އިންޝުއަރަންސް ޕޮލިސީތައް އީމެއިލް މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް އެލައިޑުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން އެލައިޑް މޮބައިލް އެޕް އަދި އޮންލައިން ޕޯޓަލްގައި ނުހިމެނޭ ހިދުމަތެއް ހޯދުމަށް އެކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުމަށްފަހު [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ޕޮލިސީ ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެވޭނެކަމަށް އެލައިޑުން ބުންޏެވެ.

މިސާލަކަށް އޮޑި ދޯނި ފަހަރުގެ އިންޝުއަރަންސްއެއް ނަގަން ބޭނުން ނަމަ، ކުންފުނީގެ ހިލޭ ގުޅޭ ނަންބަރަަށް ގުޅައި، މި އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރަން އެލައިޑުން އެދެ އެވެ.

މީގެއިތުރުން އެލައިޑުންވަނީ އޮންލައިންކޮށް އަދި އީ-މެއިލް މެދުވެރިކޮށް ކްލެއިމް ހުށަހެޅުމުގެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން އެ ކުންފުނީގެ ހެލްތް އިންޝުއަރަންސް ކަސްޓަމަރުންނަށް މިހާރުވެސް އޮންލައިންކޮށް އެލަައިޑްގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯޓަލް މެދުވެރިކޮށް ކްލެއިމް ހުށައެޅުމުގެ އިންތިޒާމްވަނީ ހަމަޖައްސައިދީފަ އެވެ.

މގެ އިތުރުން އެހެނިހެން އިންޝުއަރެންސް ޕޮލިސީތަކުގެ ކްލެއިމް އީމެއިލް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ހުށައެޅޭނެ ކަމަށާއި އަދި ހުށަހަޅާ ކްލެއިމްތައް މެދުކެނޑުމެއްނެތި ޕްރޮސެސް ކުރެވޭނެ ކަމަށް އެލައިޑުން ބުންޏެވެ. އެގޮތުން ކްލެއިމް ހުށަހެޅުމަށް ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުމަށްފަހު [email protected] އަށް އީމެއިލް ކުރުމުން ކްލެއިމް ކުރުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ވަނީ ބޭންކް އެކައުންޓް ޓްރާންސްފާ މެދުވެރިކޮށް ބިލްތަކަށް ފައިސާ ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމުވެސް ހަމަޖައްސައިފައެވެ. އެގޮތުން މި ހާލާތުގައި ބިލްތަކަށް ފައިސާ ދޫކުރުމަށް އެންމެ ރައްކާތެރިގޮތަކީ އެކައުންޓް ޓްރާންސްފާ މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރުންކަމުގައި އެލައިޑުން ދެކޭތީ، އެކުންފުނުން ނިންމާފައިވަނީ ކްލެއިމް އަދި މިނޫންވެސް އިތުރު ބިލްތަކަށްކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ފައިސާ ދެއްކުމަށެވެ.

އަދި ޕްރިމިއަމް ނުވަތަ ކޮންޓްރިބިއުޝަން ފައިސާ ބަލައިގަންނާނީ ވެސް ބޭންކް އެކައުންޓް ޓްރާންސްފާ މެދުވެރިކޮށް ކަމަށާއި އެކައުންޓް ޓްރާންސްފާ ހެދުމަށްފަހު ޕޮލިސީ ނަންބަރާއި، ޖަމާކުރެވުނު އަދަދާއި (އެއް ޕޮލިސީއަށް ވުރެ ގިނަ ޕޮލިސީއަށް ފައިސާ ދައްކާނަމަ) އެކު ބޭންކް އެކައުންޓް ޓްރާންސްފަރ ސްލިޕް [email protected] އަށް އީމެއިލް ކުރުމުން ޕޭމަންޓް ބަލައިގަނެވި ޕޭމަންޓް ރިސިޕްޓް އީމެއިލް މެދުވެރިކޮށް އެކަސްޓަމަރަކަށް ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނީ މިހާރު އިއުލާން ކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިދުމަތްތައް މުޅިންހެން އޮންލައިންކޮށް ދިނުމުގައި ބައެއް ފަހަރު ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށެވެ.

ނަމަވެސް މި ހާލަތުގައިވެސް އަދި ލޮކްޑައުން ހާލަތަކަށް ރާއްޖެ ދިޔަނަމަވެސް ކުންފުނިން ދޭ ހިދުމަތްތައް، ކުންފުނީގައި ގާއިމްކުރެވިފައިވާ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް، މެނދުކެޑުމެއްނެތި ފޯރުކޮށްދޭނެ ޔަގީންކަން އެލައިޑުން ވަނީ ކުންފުނީގެ ކަސްޓަމަރުންނަށް ދީފައެވެ.

comment ކޮމެންޓް