"ގޭމް އޮފް ތްރޯންސް"ގެ އެކްޓަރު ކްރިސްޓޮފާއަށް ކޮރޯނާވައިރަސް ޖެހިއްޖެ

އެކްޓަރު ކްރިސްޓޮފާ---

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ތަރި ކްރިސްޓޮފާ ހިވްޖް 41، ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ އެވެ.

ކްރިސްޓޮފާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އޭނާ ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ހަބަރާއެކު އާއިލާގެ މެންބަރުން ސެލްފް އައިސޮލޭޝަންގައި ގޭގައި މަޑުކޮށްފައިވާކަމަށެވެ. ކްރިސްޓޮފާ ބުނީ ހުރިހާ އެންމެންގެ ވެސް ހާލަތު އަދި ރަނގަޅުކަމަށެވެ. ކްރިސްޓޮފާ ބުނީ އޭނާގެ ގައިން ފެނުނު އަލާމާތަކީ ހުން އައުން ކަމަށެވެ. އެކްޓަރު މިވަގުތު ހުރީ ނޯވޭގަ އެވެ.

ކާމިޔާބު އެކްޓަރު ކްރިސްޓޮފާ ވަނީ ގޭމް އޮފް ތްރޯންސްގައި ޓޯމަންޑް ޖަޔަންޓްސްބޭންގެ ރޯލެވެ. އޭނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި ޓްވިން އަދި އާފްޓަ އާތް ހިމެނެ އެވެ.

ކްރިސްޓޮފާ ކޮރޯނާ އަށް ޕޮޒިޓިވްވިއިރު އެކްޓަރު އެލްބާ އަދި އެކްޓަރު ޓޮމް ހޭންކްސްގެ ދެމަފިރިން ވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފަ އެވެ. -- ސީއެންއެން

comment ކޮމެންޓް