ރާއްޖޭން ބޭރުގައި ދިވެހިން ފައިސާ ހަރަދުކުރާ މިންވަރު ބަލަނީ

ރާއްޖެއިން ބޭރަށްދާ ދިވެހިން ފައިސާ ހަރަދު ކުރާ މިންވަރު ދެނެގަތުމުގެ ސާވޭއެއް ހަދަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.

އިގްތިސާދީ މުއާމަލާތްތަކާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ހަދާ ސާވޭ ކުރާނީ މިމަހުގެ 16 އިން 29 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ދިވެހިންނާ ސުވާލުކޮށްގެނެވެ.

އެމްއެމްއޭއިން ބުނީ މިސާވޭ ހަދަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތައްޔާރުކުރުމަށް ބޭނުންވާ ހިސާބުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. ސާވޭގައި ރާއްޖެއިން ބޭރަށް ގޮސް އައިސްވާ ދިވެހިން ފައިސާ ހޭދަކުރާ މިންވަރު ދެނެގަންނައިރު ދިވެހިން ރާއްޖޭން ބޭރުގައި އެކިއެކި ކަންކަމަށް ފައިސާ ހަރަދުކުރާ ގޮތް ވެސް ބަލާނެ ކަމަށެވެ.
ސާވޭގައި ވަކިވަކި ފަރުދުންގެ އަތުން ހޯދާ މައުލޫމާތަކީ ޝާއިއު ނުކުރާ ސިއްރު މައުލޫމާތުތަކެއް ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު