ކޮރޯނާވައިރަހާ ގުޅިގެން ކުޑަކުދިންގެ ލައިބްރަރީ ބަންދު

ކުޑަކުދިންގެ ލައިބްރަރީ --- ފޮޓޯ: ހެރިޓޭޖު މިނިސްޓްރީ

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންގެ ލައިބްރަރީ ބަންދުކުރަން ނިންމައިފިއެވެ.

ކުޑަކުދިންގެ ލައިބްރަރީ ހިންގަނީ މިނިސްޓްރީ އޮފް ހެރިޓޭޖު އާޓްސް އެންޑް ކަލްޗާގެ ދަށުންނެވެ. އެތަނަކީ 13 އަހަރުން ދަށުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

ލައިބްރަރީ ބަންދު ކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީ އިން މިއަދު ބުނީ ކޮރޯނާވައިރަހުން ކުޑަކުދިން ރައްކާތެރިކުރުމަށް ނެގޭ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ކުޑަކުދިން ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެެވެ

ކުޑަކުދިންގެ ލައިބްރަރީއަކީ މަލްޓިމީޑިއާ ލައިބްރަރީއެކެވެ. އެތަން ހުންނަނީ ކަނބާއައިސާރަނިހިނގުމުގައި ހުންނަ ސިޓީ ކައުންސިލް އޮފީހުގެ ފުރަގަހުގައި އޮންނަ މަގުގައެވެ

comment ކޮމެންޓް