އޮންލައިންކޮށް ބިލްތައް ދައްކަން އެމްޑަބްލިއުއެސްސީ އިން އިލްތިމާސްކޮށްފި

އެމްޑަބްލިއުއެސްސީގެ އެޕް ބޭނުންކުރަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެމްޑަބްލިއުއެސްސީއަށް ބިލްތައް ދައްކަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބިލްތައް ދައްކަން އިލްތިމާސްކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާވަރު ބެލޭއިރު ކިއުގައި މަޑުނުކޮށް ކޮންމެ ތަނެއްގައި ވެސް ހުރެގެން ބިލް ދެއްކެ އެވެ.

އޭގެ އިތުރުން އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަތަށް އެދި ފޯމު ހުށަހެޅުމާއި ގޭގައި ތިބެގެން ސްޓޭޓަސް ބެލެ އެވެ.

"މީގެ އިތުރުން، ހިދުމަތްތަކާ ގުޅޭޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާ ނަމަ، 24 ގަޑިއިރު މިކުންފުނީގެ ކަސްޓަމާކެއާ ސެންޓަރަށް (105) އަށް ގުޅުއްވުން އެދެމެވެ.

އެހެންކަމުން މިދަނޑިވަޅު ކުންފުނީގެ އޮންލައިން ވަސީލަތްތައް ބޭނުންކޮށް ރައްކާތެރިވުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް