ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ބަނޑުބޮޑު!

ކޭޓީ ޕެރީ އާއި އޯލަންޑޯ ބްލޫމް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފިއެވެ.

ކޭޓީ ޕެރީގެ އާ ވީޑީއޯ ލަވަ "ނެވާ ވޯން ވައިޓް" ލަވައިން އޭނާ ބަނޑުބޮޑުކަން ހާމަކުރިއިރު އެ ލަވަ ވަނީ ބޮޑު ހިޓަކަށްވެފައެވެ.

ކޭޓީ ޕެރީ އާ އޭނާގެ ލޯބިވެރިޔާ ފިލްމީ ތަރި އޯލަންޑޯ ބްލޫމް ވަނީ މިދިޔަ އަހަރުގެ ލޯބިވެރިންގެ ދުވަހު އެންގޭޖްވެސްވެފައެވެ. އެދެތަރިން ވަނީ ކައިވެނިކުރާނެކަން އިއުލާންކުރުމަށްފަހު ކައިވެނި ކުރަން ބޭނުންވާތަން ކައިވެނިކުރަން ރާވަފައިވާ ތާރީހަށް ނުލިބުމުންނެވެ.

ކޭޓީ ބުނީ އެންމެ އުފާވަނީ އޭނާ ބަނޑުބޮޑުކަން އޭނާގެ ފޭނުންނަށް ހިއްސާކުރެވުމުން ކަމަށާއި މި ސިއްރަކީ އޭނާ އެންމެ ގިނަ ދުވަސްވަންދެން ނުބުނެ ރައްކާކޮށްގެން އުޅުނި ސިއްރުކަމަށެވެ.

އުމުރުން 35 އަހަރުގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ އޯލަންޑޯ ބްލޫމް 43، ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ އަނެއް އަހަރު ރުޅިވި ނަމަވެސް ރުޅިވިތާ 10 މަސްތެރޭ ދެތަރިން ވަނީ އަލުން ގުޅިފައެވެ.

ކޭޓީ ކުރިން އިނދެގެން އުޅުނީ ކޮމީޑިއަން ރުސެލް ބްރޭންޑް އާ އެވެ. އެދެމީހުން ކައިވެނުކުރީ 2010 ވަނަ އަހަރުއެވެ. އަދި ކައިވެނި ރޫޅޫނީ 2012 ވަނަ އަހަރުގައެވެ. އޯލަންޑް ކުރިން މިރަންޑާއާ އިން އިރު އެދެމީހުންނަށް ވަނީ 2011 ވަނަ އަހަރު ދަރިއަކުވެސް ލިބިފަ އެވެ. އެދެމީހުންގެ ކައިވެނި ރޫޅުނީ 2013 ވަނަ އަހަރުގައެވެ.

comment ކޮމެންޓް