ފުލުހުންނަށް 1200 ފަހަރު ގުޅައި އުނދަގޫކުރި މީހަކު ޖަލަށްލައިފި

ފުލުހުންނަށް އުނދަގޫކުރި މައްސަލާގައި ޖަލަށް ލާފައި ވަނީ ޖެލީނާ ބޮބްރޯވާ ނަމަކަށް ކިޔާ އަންހެނެއް --- ފޮޓޯ : އެމްއެސްއެން

ފުލުހުންނަށް އުނދަގޫކުރުމަށް 1،200 ފަހަރަށްވުރެ ގިނަ ފަހަރު ގުޅި އަންހެނެއް ހައްޔަރުކޮށް، 10 ހަފްތާއަށް ޖަލަށް ލައިފި އެވެ.

އުމުރުން 55 އަހަރުގެ ޖެލީނާ ބޮބްރޯވާ ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކި ފަހަރުގެ މަތީން ފުލުހުންނަށް އުނދަގުކުރުމަށް އެކި ގޮތްގޮތަށް ގުޅާފައިވެ އެވެ.

ޖެލީނާ، ފުލުހުންގެ އިމާޖެންސީ 999 އަށް ގުޅައިގެން އެމާޖެންސީ ލައިން ބިޒީކުރުމުގެ ސަބަބުން ފުލުހުންނަށް ވަނީ 10،000 ޕައުންޑުގެ ގެއްލުން ވެފަ އެވެ.

އޭނާ ފުލުހުންނަށް އުނދަގޫކުރުމުގެ ސަބަބު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އިންޒާރު ދިން ނަމަވެސް އެކަން ހުއްޓާފައެއް ނުވެ އެވެ. އެގޮތުން މިދިޔަ މަހުގެ 16ގައި ހަމައެކަނި އެންމެ ގަޑީއިރެއްގެ ތެރޭގައި ވެސް ވަނީ އޭނާ 39 ފަހަރަކު ފުލުހަށް ގުޅައި އުނދަގޫކޮށްފަ އެވެ.

ފުލުހުން ބުނީ ބޮބްރޯވާ އާ އެ މައްސަލާގައި ސުވާލު ކުރުމުން އޭނާ ފުރަތަމަ ވަނީ އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އޭނާ ބުނީ އެއީ ފޯނު ނަމްބަރުގެ ގްލިޗަކުން ވީގޮތެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް