ކެންސަރު ބަލީގެ މީހުންނަށް އެހީ ހޯދުމަށް ބޭއްވި ފަރިއްކޮޅެއްގައި މައުމޫން ބައިވެރިވެވަޑައިގެންފި

ކެންސަރު ބަލީގެ މީހުންނަށް އެހީވެދޭ މެލޭޝިޔާގެ ޖަމިއްޔާއަކުން ފައިސާ ހޯދުމަށް ބޭއްވި ފަރިކޮޅެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޖު މައުމޫންން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބައިވެރިވެވަޑައިގެންފި އެވެ.

ކެންސަރު ބަލީގެ މީހުންނަށް އެހީވެދޭ "ކެން ސަވައިވް" ޖަމިއްޔާ އިން ބޭއްވި މި ހާއްސަ ފަރިކޮޅުގައި ރައީސް މައުމޫންގެ ދެކަނބަލުންނަށް އެ ޖަމިއްޔާގެ ރައީސް ޑޮކްޓަރު ސީޑީސީބީ އެ ޖަމިއްޔާގެ ޝަރަފްވެރި ހަނދާނީ ފިލައެއް ވެދުމަކަށް އެރުވި އެވެ.

އެޖަމިއްޔާ އަށް ފައިސާގެ ގޮތުންނާއި އެކިއެކި ގޮތްގޮތުން އެހީވެދޭ ފަރާތްތަކަށް ހަދާނީ ފިލައެއް ދިނުން ވެސް އެ ހަފުލާގައި އޮތެވެ. އެފިލާ އެފަރާތްތަކާ ހަވާލުކޮށްދެވީ ރައީސް މައުމޫން އެވެ.

މެލޭޝިޔާގެ ޝާހް އަލަމްގެ ގްލެންމެރީ ގޮލްފް އެންޑް ކަންޓްރީ ކްލަބްގައި ބޭއްވި ފަރިކޮޅުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ، މެލޭޝިޔާގެ ފަހާން ސްޓޭޓްގެ ރަސްގެފާނުގެ އަނބިކަނބަލުން ސުލްތާނާ ހާއްޖާ ކަލްސޫމް އެވެ. އަދި އެ ރަސްމިއްޔާތުގައި އެ ޖަމިއްޔާ އަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި ގޮލްފް މުބާރާތުން މަތީ ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެކަމަނާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު