ކޮވިޑް 19 އާ ގުޅިގެން ސްކައުޓް ޖަމްބަރީ ފަސްކޮށްފި

ސްކައުޓް ކުދިންތަކެއް --- ފޮޓޯ/ އަރަބިއްޔާ ސްކައުޓް ގްރޫޕް

މިހާރު ދުނިޔޭގއި ފެތުރެމުންދާ ކޮވިޑް 19 ބައްޔާ ގުޅިގެން ސްކައުޓް އެސޯސިއޭޝަންއިން ބާއްވަން ހަމަޖައްސާފައި އޮތް ސްކައުޓް ޖަމްބޮރީ ފަސްކޮށްފިއެވެ.

ސްކައުޓް އެސޯސީއޭޝަންއިން ބުނީ އެ ޖޮމްބަރީ ފަސްކުރީ ރޯގާއިން ރައްކާތެރިވުމުގެގޮތުން ތަފާތު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން މިދުވަސްވަރު އެކިކަހަލަ ހަރަކާތްތައް ކުރިޔަށް ނުގެންދިޔުމަށް އަންގާފައިވާތީ ކަަމަށެވެ.

ސްކައުޓް އެސޯސިއޭޝަން އޮފިޝަލަކު "ސަން' އަށް މިއަދު ވިދާޅުވީ އެ ކޭމްޕް ބާއްވަން ނިންމާފައި އޮތީ އަންނަމަހު ހަތް ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެކަން ފަސްކޮށް ބާއްވާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމްބޮރީ ދެން ބާއްވާނެ ތާރީހެއް ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓްރީގެ ހެލްތު ޔުނިޓް މެދުވެރިކޮށް އެޗްޕީއޭގެ ލަފަޔަކާއެކު ކަމަށް ސްކައުޓް އެސޯސިއޭޝަން އިން ބުންޏެވެ.

ރާއްޖޭގެ ގިނަ ސްކޫލްތަކަކުން ބައިވެރިވާން އޮތް އެ ޖަމްބޮރީ ބާއްވަން ނިންމާފައިއޮތީ ހުޅުމާލެ ދެވަން ފޭސްގައެވެ.

ބާއްވަން ނިންމާފައިއޮތީ ނުވަ ވަނަ ސްކައުޓް ޖަމްބޮރީއެވެ. އެ ޖޮމްބޮރީ އެންމެ ފަހުން ބާއްވައިފައިވަނީ 2007 ވަނަ އަހަރުއެވެ.

comment ކޮމެންޓް