ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ އަގުތަކާއެކު ހެލްތު ކެއާ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލް--

މިއަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދެ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހާއްސަ އަގުތަކަކާއެކު ހެލްތު ޗެކަޕް ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

މިޕެކޭޖްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާޗު އެކަކުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މިޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ؛

  • ކްރޯނިކް ކިޑްނީ ޑިޒީސް (ގުދުރާ ނިޒާމްގެ ބަލިތައް) ސްކްރީން ކުރުމުގެ ޕެކޭޖް: 150.00ރ

ގުދުރާ ނިޒާމުގެ ބަލިތައް ސްކްރީން ކުރުމުގެ ޕެކޭޖު--

  • އައި ކެއަރ (ލޯ ޗެކު ކުރުމުގެ) ޕެކޭޖް 350.00ރ

ލޯ ޗެކު ކުރުމުގެ ޕެކޭޖު--

  • ޑެންޓަލް ކެއަރ (ދަތުގެ ފަރުވާއަށް ހާއްސަ) ޕެކޭޖް 650.00ރ

ދަތުގެ ފަރުވާއަށް ހާއްސަ--

  • 'ވެލްނެސް ޓުގެދާ' ހެލްތު ޗެކަޕް ޕެކޭޖް (40 އަހަރަށްވުރެން ދަށުގެ ބޭފުޅުން): 1250.00ރ
  • 'ވެލްނެސް ޓުގެދާ' ހެލްތު ޗެކަޕް ޕެކޭޖް (40 އަހަރާއި 40 އަހަރުން މަތީގެ ބޭފުޅުން): 2800.00ރ

'ވެލްނަސް ޓުގެދާ' ހެލްތު ޗެކްއަޕް ޕެކޭޖު--

އެންމެ ކޮލިޓީ، ބައިނަލްއަގްވާމީ ފެންވަރަށް ސިއްހީ ހިދުމަތް ރާއްޖޭގައި ގާއިމުކޮށް ކުރިއެރުވުމުގެ އަމާޒުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ 1 މާރިޗު 2018 ގައެވެ.

ވިހި ސްޕެޝަލިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ދެމުން ދަނީ ރާއްޖެއިން ބޭރަށް ދަތުރު ނުކޮށް ޒަމާނީ ވަސީލަތްތަކާއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ހިދުމަތް ފަސޭހަކަމާއެކު ރާއްޖެއިން ދިވެހިންނަށް ފޯރުކޮށްދިނުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެ އަހަރު ފުރޭއިރު، އެ ހޮސްޕިޓަލުން ތައާރަފުކުރި ފާހަގަކޮށްލެވޭ އައު ހިދުމަތްތަކުގެ ތެރޭގައި ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަރީ، ރޫމަޓޮލޮޖީ (ރާއްޖެބައްޔާއި ބެހޭ) އަދި އެމްބާމް ކުރުމުގެ ހިދުމަތް ހިމެނެއެވެ.

އެޕޮއިންޓްމަންޓް ހެދުމަށާއި މައުލޫމާތު ސާފު ކުރުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ 24 ގަޑިއިރު ހިދުމަތް ލިބޭ ކޮންޓެކްޓް ސެންޓަރުގެ ނަމްބަރު 3351610 އަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމުން މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް