ނިލަންދޫ ރައްޔިތުން ފ. އަތޮޅު ގޭގައި ތަޅު އަޅުވައި މުޒާހަރާ ކުރަނީ

ފ. ނިލަންދޫގައި ހުންނަ އަތޮޅުގެއަށް ކުލި ނުދައްކާ އަތޮޅު ކައުންސިލްގެ ދެ މެންބަރަކު އަތޮޅުގެ ގޭގައި ތިއްބަވާތީ ހިތް ހަމަ ނުޖެހިގެން ރައްޔިތުންގެ ބަޔަކު ނުކުމެ އަތޮޅުގެ ބަންދުކޮށް ތަޅު އަޅުވައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ގާތްގަނޑަކަށް 1800 މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް އަހުމަދު މިރޭ ވިދާޅުވީ އަތޮޅު ގެއަށް ކުލި ނުދައްކާ އެއްވެސް މީހަކަށް އަތޮޅު ގޭގައި ނުތިބެވޭނެ ކަމަށް މެދު ސަރަހައްދުގެ ގައުމީ އިދާރާއިން އަންގާފައި ވަނިކޮށް އެމްޑީޕީގެ، ބިއްލެއްދުއަށް ނިސްބަތްވެ ވަޑައިގަންނަވާ އަތޮޅު ކައުންސިލްގެ ދެ މެންބަރަކު އެ އިމާރާތުގައި ތިއްބަވާ މައްސަލަ ހޫނުވެ، މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން އަތޮޅުގޭ ކުރިމަތީ މުޒާހަރާ ކުރަމުންދާ ކަމަށެވެ.

"މީހުން ނުކުމެ މުޒާހަރާ މިކުރަނީ [ދެ ކައުންސިލަރުން] ތިއްބަވާނަމަ ކުލި ދީގެން ތިއްބަވަން. ރައްޔިތުން އެބަ ބުނޭ ގޭގޭގައިވެސް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދޭނަމޭ. އެކަމަކު އެގޮތަށް އެބޭފުޅުން ތިއްބަވާތީ ރުޅިގަދަވެގެން ތަޅުއެޅުވީ،" ޑީއާރްޕީއަށް ނިސްބަތްވާ ޖަލީލު ވިދާޅުވި އެވެ.

މުޒާހަރާގައި 150 މީހަކު ބައިވެރި ވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު