ހަކަތަ ބޭނުންކުރުން އިގްތިސޯދުކުރުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފި

ސްޓެލްކޯ އިން މިއަދު ފެށި އެވެއާނަސް ޕްރޮގްރާމްގެ ތެރެއިން---ފޮޓޯ: ސްޓެލްކޯ

ހަކަތަ ބޭނުންކުރުން އިގްތިސޯދު ކުރުމުގެ ގޮތުން އެވެއާނަސް ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯ އިން ވަނީ "އެނާޖީ ސޭވިން" ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.

ނަމަވެސް މި މަހު ވަނީ ޓީވީތަކުގައިި ސްކޫލްތަކުގެ ޕީޓީއޭތަކުގައި އިންފޮމޭޝަން ސެޝަންތައް ކުރިއަށްގެންގޮސްފަ އެވެ.

އެ ކެމްޕޭންއާ ގުޅޭ ގޮތުން ސްޓެލްކޯގެ ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ އެ ކެމްޕޭންގެ ދަށުން ބިލްބޯޑްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަރަންޓް އިގްތިސޯދުކުރެވޭނެ ގޮތްތައް ކިޔައިދީ ޓީވީ ޕްރޮގްރާމްތަކާ ޕެނަލް ޑިސްކަޝަން ބާއްވާނެ ކަމަަށެވެ.

"އޭގެ ތެރޭގައި އިންކްލޫޑްކޮށްލާ [ހިމަނާ] މޭޖާ އެއްކަމެއް އެއީ ނޫސްވެރިންނަށް އޯޕަންކޮށްގެން ކުރިއަށް ގެންދާ ވަން އޮން ވަން ސެޝަންތަކެއް. އެބޭފުޅުން މިސާލަކަށް ނޫސްތަކުން ނޫނީ ޓީވީތަކުން މުއައްވާސްތަކުގެ ފަރާތުން މިކަންތަކާ ގުޅޭ ގޮތުން ހުރި ކޮންސާންސްތަކެއް ކަލެކްޓުކުރުމަށް ފަހު އަޅުގަނޑުމެންނަށް އިންފޯމްކުރީމާ އަޅުގަނޑުމެން އެ އައުޓްލެޓް ނުވަތަ ވީޑިއޯ ޗެނަލްއަކާއި ވަންއޮން ވަން ސެޝަންއަކާ ބާއްވާނަމޭ އަޅުގަނޑުމެން އެބޭފުޅުންގެ ހުރިހާ ސުވާލުތަކަށް،" މުޖުތަބާ ވިދާޅުވި އެވެ.

އެ އެވެއާނަސް ޕްރޮގްރާމް އަންނަ ޖުލައި މަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެގޮތުން ކޮންމެ މަހަކު ވެސް އެކި ޓާގެޓް އޯޑިއަންސްއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

comment ކޮމެންޓް