އީދު އަދި ސްކޫލް ބަންދުގައި ތުރުކީއަށް ދާން ވަރަށް ހެޔޮ އަގުތަކެއް

އިސްތަންބޫލްގައި ހުންނަ ސުލްތާން އަހްމަދު މިސްކިތް (ދަ ބްލޫ މޮސްކް). މިއީ އިސްތަންބޫލަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ތަން-- ފޮޓޯ/ސްޓީމިޓް

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ތުރުކީއަށް ދާން ހާއްސަ ފެއާ އަގުތަކެއް ހިމެނޭ ޕްރޮމޯޝަނެއް އެކްސްޕެޑައިޓް މޯލްޑިވްސްއިން ފަށައިފި އެވެ.

ޓާކިޝް އެއާލައިންސްގެ ރާއްޖޭގެ ސޭލްސް އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސްއިން ފެށި މި ޕްރޮމޯޝަންގެ ދަށުން ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ދަތުރުކުރަން ބިޒްނަސް އަދި އިކޮނޮމީ ކްލާހުގެ ދެކޮޅު ޓިކެޓް ވަނީ އަގުހެޔޮކޮށްފަ އެވެ.

އެގޮތުން ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓެއްގެ އަގު 2100 ޑޮލަރުން ފަށާއިރު، އިކޮނޮމީ ކްލާހުން ދެކޮޅު ޓިކެޓެއްގެ އަގު ފަށަނީ 724 ޑޮލަރުންނެވެ.

ފޮޓޯ/އެކްސްޕެޑައިޓް މޯލްޑިވްސް

މި ޕްރޮމޯޝަންގެ ދަށުން ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 10 ފެބްރުއަރީން ފެށިގެން 29 ފެބްރުއަރީގެ ނިޔަލަށެވެ.

އެކްސްޕެޑައިޓް މޯލްޑިވްސްއިން ބުނި ގޮތުގައި މީގެ ކުރިން އެކުންފުނިން ރޭވި ޕްރޮމޯޝަނަލް ފެއާތަކުގެ ތަޖުރިބާގެ އަލީގައި މިފަހަރުގެ މި ޕްރޮމޯޝަންގައި ދަތުރު ކުރަން ވަރަށް ދިގު މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން 30ގެ ނިޔަލަށް މި ޕްރޮމޯޝަންގެ ދަށުން ދަތުރުތައް ޝެޑިއުލް ކޮށްފައިވާއިރު، ސްކޫލްތަކުގެ ފުރަތަމަ ޓާމު ބަންދާއި ފިތުރު އީދުގެ ބަންދު ދުވަސްވަރު ވެސް އަންނަނީ މި މުއްދަތުގެ ތެރޭގަ އެވެ.

ފޮޓޯ/އެކްސްޕެޑައިޓް މޯލްޑިވްސް

އެކްސްޕެޑައިޓް މޯލްޑިވްސްއިން ތުރުކީ ދެކޮޅު ޓިކެޓް އަގުހެޔޮ ޕްރޮމޯޝަނެއް ފަށާފައިވާއިރު، ވަރަށް އަވަހަށް ތުރުކީގެ ޓުއާ ޕެކޭޖުތަކެއް ވެސް އިއުލާނު ކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެކްސްޕެޑައިޓް މޯލްޑިވްސްގެ ފޯނު ނަންބަރު 3009595 އަދި ވައިބާ ނަންބަރު 7229595 މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ބުކިން ހައްދަން ބޭނުންވާ ފަރާތްތައް އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.

comment ކޮމެންޓް