މީހެއްގެ ގައިގައި ކަޓަރު އެޅި މައްސަލައެއްގައި ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކޮށްފި

19:00


މީހެއްގެ ގައިގައި ކަޓަރު އެޅި މައްސަލައެއްގައި ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.


ޖިނާއީ ކޯޓުން މިއަދު ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އަމީނީ ބިލްޑިން ކުރިމަތީ އޮންނަ ޕާކްގައި މ. ސަންރައިޒްގޭ، އަހުމަދު ނާއިފްގެ ބުރަކަށީގައި ވަޅިއަޅައި ދަމާލުމަށް ފަހު، އޭނާގެ އަތަށް ވަޅިހެރި މައްސަލައިގައި ހ. ވާވެލާވެހިގޭ ހުސެއިން ނާޒިމްގެ މައްޗަށް ކުރި ދަޢުވައަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެ ޢަމަލު ހިންގި މަންޒަރު ދުށް ކަމަށް ދައުލަތުން ހުށަހެޅި ހެކިން ހާޒިރުކޮށް ސުވާލުކުރުމުން އެ ޢަމަލު ހިންގިތަން ފެނިފައިވާ ކަމަށާއި، އެ ޢަމަލު ހިންގި މީހަކީ ބޯ ކުރުކޮށް ކޮށާފައި ހުރި، ގައިގެ ކުލަ ކަޅު، ޓާކޫރު ނުވަތަ ކެނީ ކިޔާ މީހަކު ކަމަށް ހެކިން ބުނެފައިވީ ނަމަވެސް ދައުލާތުގެ ފަރާތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ހާޒިރުކުރި މީހަކީ ގައިގެ ކުލަ އަލި، އިސްތަށިގަނޑު ދިގު މީހަކަށް ވެފައިވާ ކަމަށް ޖިނާއީ ކޯޓުން ބުނެ އެވެ.


ނަމަވެސް ފުލުސް އޮފީހުގެ ތަހުގީގުގައި ދައްކާފައި ވަނީ ހުސެއިން ނާޒިމްގެ ފޮޓޯ އެކަނި ކަމަށާއި އިތުރު މީހެއްގެ ފޮޓޯ ދައްކާފައިނުވާތީ އަހުމަދު ނާއިފްގެ ގައިގައި ވަޅިއަޅާ ހަމަލާދިން މީހަކީ ހުސެއިން ނާޒިމު ނޫން ކަމަށާއި އަދި އޭނާ އެ ޢަމަލު ހިންގުމުގައި ބައިވެރިވެފައިނުވާ ކަމަށް ފުލުސް އޮފީހުގައި ބުނެފައިވާ ކަމަށް ވެސް ޖިނާއީ ކޯޓުން ބުނެ އެވެ.


ޖިނާއީ ކޯޓުން ނެރެފައިވާ ބަޔާނެއްގައި އަދި ބުނީ ހުސެއިން ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށް ހުސެއިން ނާޒިމްގެ ފޮޓޯ ދެއްކުމުން، އަހުމަދު ނާއިފްގެ ގައިގާ ވަޅިއަޅާ އޭނާ އަށް ހަމަލާދިން މީހަކީ ހުސެއިން ނާޒިމް ނޫން ކަމަށާއި އެމީހަކީ ޓާކޫރު ކިޔާ މީހެއް ކަމަށް ބުނުމުން ޓާކުރު އަކީ އޭނާ ކަމަށް ބުނެ ނާޒިމްގެ ވާހަކަތައް ތަހުގީގު ބަޔާނުގައި ލިޔެފައިވާ ކަމަށެވެ. އަދި މައްސަލަ ސާބިތުކުރުމަށް ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިތުރު ހެކި ނެތުމާއި ކޮށްފައިވާ ދަޢުވާ ސާބިތު ކުރެވޭވަރުގެ ކަންތައްތަކެއް ދަޢުވާ ކުރާ ފަރާތުން ހުށަހަޅާފައި ނެތުމުން ހުސެއިން ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މީހަކު މަރާލެވިދާ ފަދަ އެއްޗަކާއެކު މާރާމާރީ ހިންގުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާ ކަމަށް ވެސް ޖިނާއީ ކޯޓުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު